ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި ހަފުތާގައި ހާޒިރުވެވަޑައިގެންނެވިދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
02 ޖުލައި 2017
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި ހަފުތާގައި ހާޒިރުވެވަޑައިގެންނެވިދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ފޮނުއްވި ސިޓީފުޅެއްގައި މައުމޫން ވިދާޅުވީ ތީމުގޭގެ 2007 އާއި 2008 ގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދެއްވުމަށް އަންނަ އަންގާރަ ނުވަތަ ބުދަދުވަހުގެ މެންދުރު ފަހު 1:00 ގައި އެ ކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވި ދާނެ ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި އޭސީސީ އަށް އަމިއްލަފުޅަށް ހާޒިރުވެވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ތަހުގީގު ޓީމަށް އެ މަނިކުފާނުގެ އަރިހަށް ވަޑައިގަތުމަށް ވުރެ އެ ގޮތް މާ ރަނގަޅު ވާނެތީ އެވެ.
"އަޅުގަނޑު ތިޔަ ކޮމިޝަނަށް ހާޒިރުވާ އިރު، އަޅުގަނޑާ އެކީގައި އަޅުގަނޑުގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވީމެވެ." ސިޓީފުޅުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވި ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެމަނިކުފާނުގެ އަރިހުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށްޓަކައި މައުމޫންގެ އަރިހަށް އޭސީސީގެ ޓީމެއް ދިއުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި މައުމޫނަށް ފަސޭހަފުޅު ވަގުތެއް ދެއްވުމަށް ވެސް އޭސީސީން އެދުނެވެ. އެކަމަކު މައުމޫން އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އަމިއްލަފުޅަށް އެ ކޮމިޝަނަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށެވެ.
މައުމޫން މިދިޔަ މަހުގެ 23 ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަނިކުފާނު އޭސީސީ އަށް ވަޑައިގަންނަވާއިރު، "މީޑިއާ ވެސް އެ ތަނުގައި ތިބެން ވާނެ" ކަމަށެވެ.
"ގައުމަށް މިކަން ފެނި، އެނގެން ޖެހޭނެ. ހަގީގަތް އެނގުމަކީ ރައްޔިތުންނަށް އޮތް ހައްގެއް،" މައުމޫނާ ސުވާލު ކުރަން ބޭނުންވެގެން އޭސީސީން އެމަނިކުފާނަށް ފޮނުވި ސިޓީގެ މައްސަލާގައި ކުރެއްވި ޓުވީޓުގައި މައުމޫން ވިދާޅުވެފައިވެ އެވެ.
އޭސީސީގެ ރައީސް ލުތުފީ ވިދާޅުވެފައި ވަނީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ކޮމިޝަނަށް ހާޒިރުކުރުމަކީ ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ކުރީގެ ރައީސުންނާއި އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީ އަށް އެއްވެސް މައްސަލައެއްގައި ހާޒިރުކުރުމުގެ ބަދަލުގައި އެބޭފުޅަކާ މެދު ހުށަހަޅާފައިވާ ޝަކުވާއެއްގެ ބަޔާން ނަގާނީ އަރިހަށް ގޮސްގެންނެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
މައުމޫން އޭސީސީ އަށް ހާޒިރެއް ނުކުރާނެ: ލުތުފީ
ޖަލުގައި ހުންނެވި މައުމޫނާ އޭސީސީން ސުވާލުކުރަނީ
މައުމޫންގެ ބަޔާން އޭސީސީން ނަގައިފި
މައުމޫން ހާޒިރުވުމަކީ ގަވައިދާ ފުށުއަރާކަމެއް: އޭސީސީ
އަޅުގަނޑު ބޭނުމީ އޭސީސީއަށް ހާޒިރުވާން: މައުމޫން
މައުމޫނަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތިކަމެއް
މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި
މައުމޫން އޭސީސީއަށް ހާޒިރުކުރެވިގެން ނުވާނެ: ނިހާން
މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި