ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެ ކޮމިޝަންގެ ޓީމު ދާނީ މައުމޫންގެ އަރިހަށް ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެ ކޮމިޝަންގެ ޓީމު ދާނީ މައުމޫންގެ އަރިހަށް ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
ތީމުގޭގެ 2007، 2008 އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ބަޔާން ނެގުމަށް މައުމޫން އޭސީސީ އަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ފެކްޝަނުން މިއަދު ބުނެފައިވާތީ، އެކަން ދޮގުކޮށް އެ ކޮމިޝަންގެ ރައީސް ލުތުފީ ވިދާޅުވީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ކޮމިޝަނަށް ހާޒިރުކުރުމަކީ ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ.
"މައުމޫންގެ އަރިހަށް އޭސީސީން ގޮސް ބަޔާން ނަގާނީ. މައުމޫން ވިދާޅުވާ ތަނަކަށް ގޮސް އެ ބަޔާން ނަގާނީ. އެހެންވެ އެބޭފުޅާއާ އޭސީސީން ބައްދަލު ކުރުމަށް އެދިފައި އޮންނާނެ. އޭސީސީން ދާންވީ ތަން ވެސް ކަނޑައަޅުއްވާނީ މައުމޫން،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ބަޔާން ނަގާނެ ދުވަހެއް އެނގިވަޑައިގަންނަވާނީ މައުމޫން ވަގުތު ދެއްވުމުންނެވެ.
ލުތުފީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ކުރީގެ ރައީސުންނާއި އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީ އަށް އެއްވެސް މައްސަލައެއްގައި ހާޒިރުކުރުމުގެ ބަދަލުގައި އެބޭފުޅަކާ މެދު ހުށަހަޅާފައިވާ ޝަކުވާއެއްގެ ބަޔާން ނަގާނީ އަރިހަށް ގޮސްގެން ކަމަށެވެ.
އޭސީސީގެ ރައީސް ވިދާޅުވި ގޮތުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި މައުމޫނާ ގުޅޭ ވަރަށް ގިނަ ޝަކުވާތަކެއް ހިމެނެ އެވެ. އެހެންވެ އެ މައްސަލަ އަވަހަށް ނިންމުމަށްޓަކައި މައުމޫންގެ ބަޔާން ނަގަނީ ކަމަށް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އޮޑިޓް ރިޕޯޓާ ގުޅިގެން މައުމޫންގެ ބަޔާން ނެގުމަށްޓަކައި މީގެ ކުރިން ވެސް އެމަނިކުފާނާ ބައްދަލުކުރުމަށް އޭސީސީން އެދުނެވެ. އެކަމަކު އެކަން ނުވި ކަމަށް ލުތުފީ ވިދާޅުވި އެވެ.
ތީމުގެގޭ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވެރިކަމުގެ ބާރު ބޭނުން ކުރައްވައިގެން މައުމޫން ވަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ގިނަ ކަންތައްތަކެއް ކުރައްވައިފަ އެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ.
އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
މި ހަފުތާގައި އޭސީސީ އަށް ހާޒިރުވެވިދާނެ: މައުމޫން
ޖަލުގައި ހުންނެވި މައުމޫނާ އޭސީސީން ސުވާލުކުރަނީ
މައުމޫންގެ ބަޔާން އޭސީސީން ނަގައިފި
މައުމޫން ހާޒިރުވުމަކީ ގަވައިދާ ފުށުއަރާކަމެއް: އޭސީސީ
އަޅުގަނޑު ބޭނުމީ އޭސީސީއަށް ހާޒިރުވާން: މައުމޫން
މައުމޫނަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތިކަމެއް
މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި
މައުމޫން އޭސީސީއަށް ހާޒިރުކުރެވިގެން ނުވާނެ: ނިހާން
މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި