ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓުގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަޔާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނަގައިފި އެވެ.
ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓުގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަޔާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނަގައިފި އެވެ.
މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވި ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ބަޔާން އޭސީސީން ނެގީ އެ ކޮމިޝަންގެ ޓީމެއް މައުމޫންގެ އޮފީހަށް ގޮސްގެންނެވެ.
އޭސީސީގެ ޓީމެއް މައުމޫންގެ އޮފީހަށް ގޮސް އެމަނިކުފާނުގެ ބަޔާން މި ނެގީ، އަމިއްލަފުޅަށް އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް މައުމޫން ވިދާޅުވެފައި ވަނިކޮށެވެ.
އެކަމަކު އޭސީސީން މައުމޫނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ ތަހުގީގު ކުރުމުގެ އުސޫލާއި އާއްމު ގަވައިދުގައިވާ ގޮތުގެ މަތިން، ކުރީގެ ރައީސުންގެ ބަޔާން ނަގަން ޖެހޭނީ އެ ބޭފުޅެއް ކޮމިޝަނަށް ހާޒިރު ކުރެއްވުމުގެ ބަދަލުގައި، މަސައްކަތް ކުރައްވާ އޮފީހަކަށް ނުވަތަ ދިރިއުޅުއްވާ ތަނަަކަށް ގޮސްގެން ކަމަށެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
ޖަލުގައި ހުންނެވި މައުމޫނާ އޭސީސީން ސުވާލުކުރަނީ
މައުމޫން ހާޒިރުވުމަކީ ގަވައިދާ ފުށުއަރާކަމެއް: އޭސީސީ
މި ހަފުތާގައި އޭސީސީ އަށް ހާޒިރުވެވިދާނެ: މައުމޫން
އަޅުގަނޑު ބޭނުމީ އޭސީސީއަށް ހާޒިރުވާން: މައުމޫން
މައުމޫނަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތިކަމެއް
މައުމޫން އޭސީސީ އަށް ހާޒިރެއް ނުކުރާނެ: ލުތުފީ
މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި
މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި
މައުމޫން އޭސީސީއަށް ހާޒިރުކުރެވިގެން ނުވާނެ: ނިހާން
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި