މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދިވެހިންނަށް ހާއްސަ ކޮށްގެން، ބޮޑުއަކުރުން ދިވެއްސާއި އަރަބި ލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
03 ޖުލައި 2017
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދިވެހިންނަށް ހާއްސަ ކޮށްގެން، ބޮޑުއަކުރުން ދިވެއްސާއި އަރަބި ލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
ދިވެއްސާއި އަރަބި ލިޔުމުގެ ހުނަރު ކުރިއެރުވުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައަޅަން ޖެހޭނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަަހެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މުބާރާތަށް ފޮނުވާ ލިޔުމަކީ ބައިވެރިންގެ އަމިއްލަ އަތުން ލިޔެ، އަދި ޑިޒައިންތަކަކީ ބައިވެރިންގެ އަމިއްލަ ފަންނުވެރި ޑިޒައިންތަކަށް ވާންޖެހޭނެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މުބާރާތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 50،000ރ ދިނުމަށް ވަނީ ހަަމަޖެހިފަ އެވެ. އަދި ދެ ވަނަ އަށް ހޮވޭ ފަރާތަކަށް 40،000ރ އަދި ތިން ވަނަ އަށް ހޮވޭ ފަރާތަަށް 35،000 ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މި މުބާރާތުގެ ވަނަތައް ހޮވާނީ ދިވެހި އަދި އަރަބި ދާއިރާ ވަކިންނެވެ. މި މުބާރާތުގަޢި ބައިވެރިވާ ފޯމާއި ގަވައިދު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މައިންޑްފުލް ރަމަޟާން" ބަހުސަކަށް: ލިޔަންވީ ކީކޭ؟
އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން ކައުންޓްޑައުނެއް
އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން ސަސްޕެންޑްކޮށްފި
ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔަން އަންގައިފި
ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި
ފައިސާ ދެއްކިފަހުން އުމްރާއަށް ނުގެންދެވޭކަން އަންގައިފި
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް 27 ގައި
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ދީފި
މާދަމާއަކީ މުލަ ރޯދަ ދުވަސް
ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ދެއްކޭނެ