Roadha Mihaaru
އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން ސަސްޕެންޑްކޮށްފި

އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުން ޚަތީބަކު ސަސްޕެންޑްކޮށްފި

06 ސެޕްޓެމްބަރ 2022

އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔުމުން ސ. މީދޫގެ ޚަތީބަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔުމުން ސ. މީދޫގެ ޚަތީބަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.

ސަސްޕެންޑްކުރީ މީދޫގެ ޚަތީބެެއް ކަމަށްވާ މުހައްމަދު ރަޝީދު އެވެ. އޭނާ ސަސްޕެންޑްކުރީ މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުލް މަޖުދުއްދީނުގައި ހުކުރު ހުތުބާ ކީއިރު، އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެން ކިޔުމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "މިހާރު" އަށް ވިދާޅުވީ ހުތުބާ ކިޔުމުގެ އުސޫލުގައި އޮންނަނީ، ހުތުބާ ކިޔަން ވާނީ މިނިސްޓްރީން ދޭ ހުތުބާ އަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ. އެކަމަކު އެ އުސޫލާ ހިލާފުވި ޚަތީބަކު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ޚަތީބު ހުކުރު ހުތުބާ ކިޔާފައި ވަނީ ގުރުއާނާއި ހަދީސްތަކާއި އަދި އޭގެ މާނަ އަށް ބަދަލެއް ނުގެނެސް، ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެންނެވެ.

އެކަމާ ގުޅޭ ގޮތުން އެ ޚަތީބުގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.