Roadha Mihaaru
ޚިޔާނާތުގެ ނުވަ ރަށެއްގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިއްޖެ

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ނުވަ ރަށެއްގެ ޑިއުޓީ ޕްރޮެސެކިއުޝަން ނިމިއްޖެ

06 ޖުލައި 2017

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ މައްސަލައިގެ ތަހުގީގުގައި، އެ ކޯޕަރޭޝަނުން ދޫކުރި ނުވަ ރަށެއްގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ މައްސަލައިގެ ތަހުގީގުގައި، އެ ކޯޕަރޭޝަނުން ދޫކުރި ނުވަ ރަށެއްގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ލިބުނު 1.22 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމާފައިވާއިރު، މިހާރު ކުރިއަށް ގެންދަނީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ އެވެ.

ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދިނުމެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑިއުޓީ ޕްރޮސެކިއުޝަންގައި، ނުވަ ރަށެއްގެ މައްސަލަ މިހާރު ނިމިފައިވާ ކަމަށާއި އެހެންވެ އެ މައްސަލަތައް އެ އޮފީހަށް ފޮނުވަން އޭސީސީ އަށް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެ މައްސަލަތައް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީން ކުރިން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އާންމު ކުރާނީ އެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމި، ދައުވާކުރަން ފޮނުވުމުގެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން، ރަށެއް ދޫކުރުމުން ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަދީބާއި އެ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ހުކުމް ވަނީ އައިސްފަ އެވެ.