Roadha Mihaaru
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"

އިއުތިރާފް މުހިންމެއް ނޫން، އަދީބަށް 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ހެކި އެބަހުރި: ޕީޖީ

14 ޖުލައި 2020

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުށަށް އިއުތިރާފު ނުވިޔަސް، އޭނާގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް އަންނަ ވަރަށް ދައުވާ ކުރެވޭނެ ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުށަށް އިއުތިރާފު ނުވިޔަސް، އޭނާގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް އަންނަ ވަރަށް ދައުވާ ކުރެވޭނެ ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމުން އަދީބު ވަނީ މިނިވަން ވެފަ އެވެ. އެ ނިންމުން އައީ އެ ދައުވާތަކަށް އަދީބު ކޯޓުގައި އެއްބަސްވުމާ ގުޅޭގޮތުން އަދީބާއި ދައުލަތާ ދެމެދު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައި ވަނިކޮށެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށާއި އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް ހޯދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށާއި އެހެންވެ، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރު ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ފަހުން މައްސަލަ ބަލާއިރު، ދައުވާތަކަށް އަދީބު އެއްބަސްވެވަޑައިނުގަތަސް ވަކިވަކިން އަދީބަށް 150 އަށް ވުރެ ގިނަ ދައުވާކޮށް، 800 އަހަރުގެ ޖަލު ހުކުމް އިއްވޭނެ ވަރުގެ ހެކި އެބަހުރި ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އަދީބުގެ އިއުތިރާފު ބަޔާނާ ނުލައި ކުރިއަށް ގެންގޮސްގެން ކުރާނެ 150 އަށް ވުރެ ގިނަ ދައުވާ އެބަހުއްޓޭ. މިއީ ޑޮކިއުމެންޓްރީ އެވިޑެންސްގެ ވާހަކަ. އެ ދައުވާތައް ސާބިތުކޮށް ދެވިއްޖެއްޔާ 800 އަހަރުގެ ހުކުމް އަންނަ ވަރުގެ ލިޔެ ކިޔުން އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" ޝަމީމް ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް ފަހު އަދީބު މާލޭ އެއާޕޯޓުގައި. --ފޮޓޯ/ސޯޝަލްމީޑިއާ

ބޭސްފަރުވާ އަށް ފަހު އަދީބު މާލޭ އެއާޕޯޓުގައި. --ފޮޓޯ/ސޯޝަލްމީޑިއާ

އޭނާ ވިދާޅުވި ގޮތުގައި، ކްރިމިނަލް ކޯޓުން އެ މައްސަލަތައް ބޭރުކޮށްލީ އަދީބާ އެކު ދައުލަތުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމާ ގުޅޭގޮތުން އަދީބާ އެއްވެސް މިންވަރަކަށް ސުވާލެއް ނުކޮށެވެ. އެހެންވެ، އެ އެއްބަސްވުން އަދިވެސް ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އިސްތިއުނާފުގެ މަރުހަލާ އަށް ފަހު އަލުން ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވުމުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ އެއްބަސްވުން ކުރިއަށް ގެންދިޔަޔަސް އަދި އެއްބަސްވުމާ ނުލައި ކުރިއަށް ގެންދިޔަޔަސް، މިކަމުގައި ކުރިއަށް ދާން. އެއްބަސްވުން އޮވެގެން ނުވަތަ ނެތިގެނެއް އަޅުގަނޑުމެންގެ މަސައްކަތަކަށް ހުރަހެއް ނޭޅޭ. އަޅުގަނޑުމެންގެ އަތުގައި އެބަހުއްޓޭ މި މައްސަލަތައް ސާބިތު ކުރެވޭ މިންވަރު ހެކި،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެހާ ގިނަ ދައުވާތަކެއް އަދީބުގެ މައްޗަށް އުފުލެން އޮއްވައި ހަތް ދައުވާއެއް ދައުލަތުން ކުރީ އެފަދަ އެއްބަސްވުމެއް ކުރިން ހަދާފައި އޮތުމުން އެ އަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ކޯޓުން މައްސަލަ ބޭރުކޮށްލީ 700 އަށް ވުރެ ގިނަ ހެކި ހުށަހަޅާފައިވާ ވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފުރުސަތު ދޭށޭ އަޅުގަނޑުމެން ހުށަހަޅަން އޮތް 700 އެތައް ޑޮކިއުމެންޓް ހުށަހަޅަން. އަޅުގަނޑުމެން ސާބިތުކޮށްދޭނަމޭ މިވަރުގެ ވައްކަން، މިވަރުގެ ޚިޔާނާތް ހިނގާފައި އޮތްކަން. އެ ފުރުސަތު އަޅުގަނޑުމެންނަށް ނުލިބިގެން މި އުޅެނީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކޯޓުގެ ނިންމުން އައީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ކަމަށާއި ހުށަހަޅާފައި ނެތް ލިޔުންތަކަށް ވެސް ކޯޓުން ރިއާޔަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވި އެވެ.