އިސްލާމީ ޝަރީއަތް ހުއްދަކުރާ އިންޝުއަރެންސް ސްކީމެއް އެލައިޑުން ފުރަތަމަ ފަހަރަށް މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.
23 ޖޫން 2016
އިސްލާމީ ޝަރީއަތް ހުއްދަކުރާ އިންޝުއަރެންސް ސްކީމެއް އެލައިޑުން ފުރަތަމަ ފަހަރަށް މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދޭ އެލައިޑުގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ތައާރަފްކުރި "ފެމިލީ ތަކާފުލް" ސްކީމްގައި ތިން ޕްލޭނެއް ހިމެނެ އެވެ. އެއީ ޗައިލްޑް އެޑިއުކޭޝަން ޕްލޭނާއި މޯގޭޖް ތަކާފުލް ޕްލޭން އަދި އަޔާދީ އިންވެސްޓްމަންޓް ޕްލޭނެވެ.
މިއީ ދަރިފުޅުގެ މަތީ ތައުލީމަށް ފައިސާ ރައްކާކުރުމަށް ނަގާ ޕްލޭނެކެވެ. އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް މި ޕްލޭން ނަގައިދެވޭނެ އެވެ.
މަންމަ ނުވަތަ ބައްޕަ ބައިވެރިވާ މި ޕްލޭނަށް ހަތަރު ގޮތަކަށް ފައިސާ ދެއްކެ އެވެ. އެއީ އަހަރަކު އެއްފަހަރު، ތިން މަހުން އެއް މަހު، ހަ މަހުން ހަ މަހުން އަދި މަހަކު އެއް ފަހަރު ފައިސާ ދައްކާ ގޮތަށެވެ. ބަރާބަރަށް ފައިސާ ދައްކަމުން ދާ ނަމަ، ޖަމާކޮށްފައިވާ ފައިސާ ކުއްޖާގެ އުމުރުން 18 އަހަރު ވުމުން އެއް ފަހަރާ ލިބޭނެ އެވެ. ޕްލޭނުގައި ބައިވެރިވެފައިވާ މީހާ، ކުއްޖާ އަށް 18 އަހަރު ނުވަނީސް މަރުވިޔަސް، ބައިވެރިންގެ ފަންޑުން މި ޕްލޭނަށް ފަައިސާ ދައްކަމުން ދާނެ އެވެ.
މި ޕްލޭންގެ ދަށުން އެންމެ ކުޑަވެގެން ނެގޭނީ 50،000ރ.ގެ ސެޓްފިކެޓެކެވެ. ކިޔެވުމުގެ ހަރަދު ކަވަރު ކުރާނެ މިންވަރެއް ބިނާ ވާނީ އެ މީހަކު ދައްކާ ފައިސާގެ އަދަދަކަށެވެ. މި ގޮތުން، މި ޕްލޭންގެ ދަށުން ކަވަރު ކުރާނީ ކުއްޖާގެ އުމުރުން 8-18 އަހަރު ވުމުންނެވެ.
އާ ލައިފް އިންޝުއަރެންސް ޕްލޭންގެ މައުލޫމާތު ދެނީ
މިއީ ލޯނު ނަގާ ފަރާތުގެ އާއިލާގެ ރައްކާތެރިކަމަށް ނަގާ ޕްލޭނެކެވެ. އެކަމަކު، މި ޕްލޭނުގައި ބައިވެރި ވެވޭނީ އިސްލާމިކް ބޭންކުން ލޯނު ނަގާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ލޯނު ނަގާފައިވާ މީހާ މަރުވެއްޖެ ނަމަ ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން އެ މީހާ އަށް ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މި ޕްލޭނުގެ ދަށުން ބަދަލު ނަގައި ދޭނެ އެވެ. އެ ފަދަ ހާލަތެއްގައި ދަރަނީގެ ބާކީ ބައި ދައްކައި ހަލާސް ކޮށްދޭނީ ބައިވެރިންގެ ފަންޑުންނެވެ.
މިއީ ވަޒީފާއިން ރިޓަޔާ ކުރުމަށް ފަހު، ތިމާ މީހާ އާއި އާއިލާގެ ހަރަދުތައް ބެލެހެއްޓުމަށް ފަހަށް ރައްކާކުރުމަށް ބައިވެރިވާ ޕްލޭނެކެވެ.
އަޔާދީ އިންވެސްޓްމަންޓް ޕްލޭނުގެ އެންމެ ކުޑަ މިންވަރަކީ 50،000ރ. އެވެ. މި ޕްލޭނުގެ ދަށުން ބަދަލު ނަގައި ދެވޭނެ އެންމެ ކުރު މުއްދަކީ ފަސް އަހަރުދުވަހެވެ.
މި ޕްލޭންގެ ފައިދާ ކުރާނީ އުމުރުން 65 އަހަރު ވުމުން ވަޒީފާ އިން ރިޓަޔާ ކުރުމުންނެވެ. އެހެން ނަމަވެސް، އޭގެ ކުރިން ވެސް ބޮޑު ކަމެއް ޖެހިއްޖެ ނަމަ މި ޕްލޭނުގެ ބޭނުން ހިފޭނެ އެެވެ. އޭގެ ތެރޭގައި ހައްޖަށް ދިއުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން، މި ޕްލޭނުގައި ބައިވެރިވެފައިވާ މީހަކު މަރުވެއްޖެ ނަމަ އެ މީހާގެ އާއިލާ އަށް މާލީ އެހީތެރިކަން ވެސް ލިބޭނެ އެވެ.
މި ތިން ޕްލޭން ތައާރަފް ކުރުމަށް މޫކައި ހޮޓެލްގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލައިޑުގެ އިސްލާމީ ޝަރީއާ ބޯޑުގެ ޗެއާޕާސަން އައިޝަތު މުނީޒާ ވިދާޅުވީ މިއީ ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ތާރީހީ ފެށުމެއް ކަމަށެވެ.
"... ސޭވިންސް ނޫނީ އިންވެސްޓްމަންޓްގެ ސައިޑުން ބަލާ ނަމަ ފެމެލީ ތަކާފުލްގެ ސަބަބުން ފަހަށް ރައްކާ ކުރަން ބޭނުންވާ ކޮންމެ މީހަކަށް އެ ފުރުސަތު ތަނަވަސް ވެގެން ދާނެ،" މުނީޒާ ވިދާޅުވި އެވެ.
"ފެމިލީ ތަކާފުލް"ގެ އެންމެ ހާއްސަ ކަމަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންޝުއަރެންސްގެ ބައި ހިމަނާފައި ވުމެވެ.
އެލައިޑްގެ "ފަޔާ ތަކާފުލް" އޮންލައިންކޮށް ނެގޭނެ
އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާ އެކު
އަޔާދީ ތަކާފުލްއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ
އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ރެކޯޑް ސާޕްލަސްއެއް
އެލައިޑުގެ އިސްލާމިކް ވިންޑޯއަށް ހަތް އަހަރު
އަޔާދީ ތަކާފުލްގެ ބައެއް ހިދުމަތް އޮންލައިންކޮށް ދެނީ
އިސްލާމިކް ފައިނޭންސްގެ އެވޯޑުތަކެއް ކުންފުނިތަކަކަށް
ޕަބްލިކް ލައިބިލިޓީ ކަވަރޭޖް އެލައިޑުން
އެލައިޑުން ކޮންޓްރެކްޓަރުންނަށް ހާއްސަ ކަވަރޭޖް ޕްލޭނެއް
އެލައިޑް އިންޝުއަރެންސަށް 40، ބައިސިކަލް ރޭހެއް