Roadha Mihaaru
ގޮނޑި ގެއްލޭ ގޮތް ހެދުމުން ސިޔާސީ އޮއިވަރު ގަދަވާނެ

ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތް ހަދައިފި ނަމަ ސިޔާސީ އޮއިވަރު ގަދަވާނެ: އުމަރު

11 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭ އިރު ނިސްބަތްވި ޕާޓީން ވަކިވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ހަދައިފި ނަމަ، ސިޔާސީ އޮއިވަރު އިތުރަށް ވަރުގަދަ ވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭ އިރު ނިސްބަތްވި ޕާޓީން ވަކިވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ހަދައިފި ނަމަ، ސިޔާސީ އޮއިވަރު އިތުރަށް ވަރުގަދަ ވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަަދު ވިދާޅުވެއްޖެ އެވެ.

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އުމަރު އޭނާގެ ޕަބްލިކް ވައިބާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ މާހައުލު އޮތް ގޮތުން އެ ގޮތަށް ހެދުމަކީ ގޯހެއް ކަމަށެވެ.

އޭގެ ސަބަބުން އިތުރަށް ވަރުގަދަ ވެގެންދާނީ ދެމޭ ސިޔާސީ އޮއިވަރު ކަމަށާއި އިންސާފު ކުރި އަށް ނެރެގެން ނޫނީ އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ބައެއް ގައުމުތަކުގައި މަޖިލިސް މެމްބަރުން ކަމުނުދާ ނަމަ އެ މެމްބަރަކަށް ތާއީދު އޮތްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ބާރު ރައްޔިތުންނަށް އޮންނަ ކަމަށާއި ނަމަވެސް ރާއްޖޭގައި އެފަދަ ބާރެއް ޕާޓީތަކަށް ދީފި ނަމަ، މެމްބަރުން ތިބެން ޖެހޭނީ އަޅުންނަށް ބަދަލު ވެގެން ކަމަށް އެ މެސެޖްގައި އުމަރު ވިދާޅުވެފައިވެ އެވެ. އޭގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު އިތުރަށް ފުނޑުފުނޑުވާނެ ކަމަށް އޭނާގެ މެސެޖްގައިވެ އެވެ.

އޭޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުގައި އިއްޔެ ބޭއްވި އިރު އެ މައްސަލައާ މެދު އިދިކޮޅު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.