Roadha Mihaaru

ބިމާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ބެހޭ ދެ ފޮތެއް ލޯ އިންސްޓިޓިއުޓުން ނެރެފި

ރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނާ ބެހޭ ގޮތުން މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ދެ ފޮތެއް ރޭ ނެރެފި އެވެ.

ލޯ އިންސްޓިޓިއުޓުން ދެ ފޮތެއް ނެރެފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

11 ޖުލައި 2017

ރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނާ ބެހޭ ގޮތުން މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ދެ ފޮތެއް ރޭ ނެރެފި އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލިޔުއްވާފައިވާ "ދިވެހި ރާއްޖޭގެ ބިމާ ބެހޭ ތަރުތީބު" ނެރެ ދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ. މަރިޔަމް މަނާލް ޝިހާބް ލިޔުއްވާފައިވާ "މޯލްޑިވްސް އެމްޕްލޮއިމެންޓް ލޯ" ނެރެދެއްވީ ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ސުއޫދު ވިދާޅުވީ ބިމާ ބެހޭ ގާނޫނާ ބެހޭ ގޮތުން ލިޔުއްވި ފޮތުގައި ރާއްޖޭގެ ބިމާ ބެހޭ ކަންކަމުގައި އަމަލު ކުރަމުން ދިޔަ ގޮތްތައް ބެލުމަށް، ކުރީގެ އެކި ރަސްރަސްކަލުން ލިޔުއްވާފައިވާ 800 އެއްހާ ފަތްކޮޅު ދިރާސާކޮށް، ނެންގެވި މައުލޫމާތު ހިމެނުއްވި ކަމަށެވެ. އަދި ބިމާ ބެހޭ އެކި ކަންކަމުގައި ކޯޓުތަކުން ނިންމާފައިވާ ހާހެއްހާ ގަޒިއްޔާގެ މައުލޫމާތު ވެސް އެ ފޮތުގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ލޯ އިންސްޓިޓިއުޓުން ނެެރުނު ދެ ފޮތުގެ ތެރެއިން އެއް ފޮތް ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނެރެ ދެއްވަނީ

ލޯ އިންސްޓިޓިއުޓުން ނެެރުނު ދެ ފޮތުގެ ތެރެއިން އެއް ފޮތް ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނެރެ ދެއްވަނީ

"ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ މަސައްކަތެއް މި ފޮތަކީ. ޖުމްލަ 42 ޗެޕްޓާގެ މައްޗަށް އެކުލެވޭ މި ފޮތުން ރާއްޖޭގެ ބިމާ ބެހޭ ކަންކަމުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަނާލް ލިޔުއްވި "މޯލްޑިވްސް އެމްޕްލޮއިމެންޓް ލޯ" ގައި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތަކާއި ވަޒީފާ ދޭ ފަރާތުގެ ހައްގުތަކާއި އެ ފަރާތުގެ މަސްއޫލިއްޔަތުތަކާއި ވަޒީފާއާ ބެހޭ ގޮތުން ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ވެސް ހިމެނޭނެ އެވެ.

އެ ދެ ފޮތް މޯލްޑިވްސް ލޯ އިންޓިޓިއުޓުން ދަނީ ވިއްކަމުންނެވެ.

މީގެ ކުރިން ވެސް ލޯ އިންސްޓިޓިއުޓުން ވަނީ އެކި ކަންކަމުގައި ގާނޫނީ މައުލޫމާތު ހިމެނޭ ފޮތްތައް ނެރެފަ އެވެ.