Roadha Mihaaru
ދުސްތޫރީ މައްސަލަ އަށް ޕްރިމިއާ ޗެމްބާސް ވެސް ވަންނަނީ

ދުސްތޫރީ މައްސަލަ އަށް ޕްރިމިއާ ޗެމްބާސް ވެސް ވަންނަނީ

13 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މަގާމަށް އިންތިހާބުވި އިރު ހުރި ޕާޓީން، އެއްވެސް ގޮތަކުން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ މާނަ ކޮށްދިނުމަށް އެދދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް ޕްރިމިއާ ޗެމްބާސް އިން މިއަދު ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މަގާމަށް އިންތިހާބުވި އިރު ހުރި ޕާޓީން، އެއްވެސް ގޮތަކުން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ މާނަ ކޮށްދިނުމަށް އެދދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް ޕްރިމިއާ ޗެމްބާސް އިން މިއަދު ކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލައިގެ ތެރެ އަށް ވަނުމަށް ހުށަހެޅި ޕްރިމިއާ ޗެމްބާސް އަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޝާހީން ހަމީދުގެ ލޯ ފާމެވެ.

އެ ލޯފާމުން އިއްޔެ ވަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް، ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މައްސަލަ އަށް ވަނުމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ ކުރިން ހުށަހަޅުއްވައިފަ އެވެ.

އެ ދެ ބޭފުޅުން އެގޮތަށް ހުށަހެޅުއްވުމުގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ބާއްވައިފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑުއެހުމެއް ކަމެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރެ އެވެ.