14 ޖުލައި 2017
ދުބާއީ (ޖުލައި 14) - ގަތަރާ ދެކޮޅަަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ކުރިމަތި ކުރި ޑިމާންޑްތަކުގެ ތެރޭގައި ހިމެނޭ އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރުމުގެ ޝަރުތު ދޫކޮށްލާފައިވާ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.
ދުބާއީ (ޖުލައި 14) - ގަތަރާ ދެކޮޅަަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ކުރިމަތި ކުރި ޑިމާންޑްތަކުގެ ތެރޭގައި ހިމެނޭ އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރުމުގެ ޝަރުތު ދޫކޮށްލާފައިވާ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.
ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޔޫއޭއީގެ ފެޑެރަލް ނޭޝަނަލް ކައުންސިލް މިނިސްޓަރު ނޫރާ އަލް ކާބީ ވިދާޅުވީ އަލް ޖަޒީރާ ބަންދު ކުރުމުގެ ބަދަލުގައި މިހާރު ބޭނުން ވަނީ އެ ނެޓްވޯކް އަލުން ރީސްޓްރަކްޗާ ކުރަން ކަމަށެވެ.
"އަލް ޖަޒީރާގެ މުވައްޒަފުން ވަޒީފާގައި ތިބޭނެ. އަދި ގަތަރު ސަރުކާރުން އެ ނެޓްވޯކަށް ޚަރަދު ވެސް ކުރެވޭނެ. އެކަމަކު ހައްދުފަހަނާ ދިއުމަށް ހިތްވަރުދޭ ޕްލެޓްފޯމަކަށް ނުހެދޭނެ،" ކާބީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތަކުން މި މައްސަލާގައި ގަތަރާ އެކު މަޝްވަރާ ކުރުމަށް ތައްޔާރު ކަމަށެވެ. އަދި މައްސަލަ އަށް ބޭނުން ވަނީ ޑިޕްލޮމެޓިކް ހައްލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލް ޖަޒީރާ މީޑިއާ ނެޓްވޯކުން ބުނީ އޮގަނައިޒޭޝަނަލް ސްޓްރަކްޗާ އާއި ނޫސްވެރިކަމުގެ މިޝަނަށް ބޭރުގެ އެއްވެސް ބައެއްގެ ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.
"ވޭތުވެދިޔަ 20 އަހަރު އަލް ޖަޒީރާ ހިންގާފައި ވަނީ ވަރަށް މިނިވަން ކަމާ އެކު، އެއްވެސް ފަރާތެއްގެ ޕްރެޝަރަށް ބޯލެނބުމެއް ނެތި. ދާދި ފަހުން ހިންގި ކަންތައްތަކުގެ ބޭނުމަކީ މީޑިއާގެ މިނިވަންކަން ނަގާލުން،" އަލް ޖަޒީރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ގަތަރަށް ކުރިމަތިކުރި 13 ޝަރުތުގެ ތެރޭގައި އަލް ޖަޒީރާ ބަންދު ކުރުމުގެ އިތުރުން އީރާނާ ގުޅުން ކަނޑާލުން ވެސް ހިމެނެ އެވެ. ގަތަރުން ބުނެފައި ވަނީ މިއީ އަމަލީ ގޮތުން ފުރިހަމަ ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.
ގަތަރަށް ޝަރުތުތަކެއް، އަލް ޖަޒީރާ ހުއްޓާލުން ހިމެނޭ!
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އަރަބިން ރާއްޖެ އިޝްތިހާރުކުރަން ޝަހީމްގެ ވެބްސައިޓެއް
މައްކާ ސަމިޓަށް ފަހު ގަތަރަށް އަނެއްކާވެސް ފާޑުކިއުން
ސައުދީ، ޔޫއޭއީގެ މުދާ ގަތަރުގެ ފިހާރަތަކުން ނަގަނީ
ގަތަރު، ސައުދީ، ޔޫއޭއީގެ ލީޑަރުންނާ ޓްްރަމްޕް ބައްދަލު ކުރައްވަނީ
ސައުދީ އާއި ޔޫއޭއީ އިން އުޅުނީ ގަތަރަށް އަރައިގަންނަން
ގަތަރު މައްސަލައާ ގުޅޭ ގޮތުން ސައުދީން މަޝްވަރާ ކުރަނީ
ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅަންޖެހިދާނެ
ސައުދީގައި އަލްޖަޒީރާ ދައްކައިފި ނަމަ ބޮޑު ޖޫރިމަނާއެއް