Roadha Mihaaru
އަރަބިން ރާއްޖެ އިޝްތިހާރުކުރަން ޝަހީމްގެ ވެބްސައިޓެއް

އަރަބި ބަހުން ރާއްްޖެ އިޝްތިހާރުކުރަން ޝަހީމްގެ ވެބްސައިޓެއް

15 ޖުލައި 2020

އަރަބި ބަހުން ވާހަކަ ދައްކާ މީހުންނަށް ރާއްޖެއާ ބެހޭ މައުލޫމާތު ފަސޭހަކަމާ އެކު ލިބޭ ގޮތް ހަދައި، މެދު އިރުމަތީގެ މާކެޓަށްް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެބްސައިޓެއް އިފްތިތާހް ކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަރަބި ބަހުން ވާހަކަ ދައްކާ މީހުންނަށް ރާއްޖެއާ ބެހޭ މައުލޫމާތު ފަސޭހަކަމާ އެކު ލިބޭ ގޮތް ހަދައި، މެދު އިރުމަތީގެ މާކެޓަށްް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެބްސައިޓެއް އިފްތިތާހް ކުރައްވައިފި އެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވެބްސައިޓަކީ ރާއްްޖޭގައި އަރަބި ބަހުގެ އެންމެ ފުރަތަމަ ވެބްސައިޓް ކަމަށާއި އެ ވެބްސައިޓް އުފެއްދެވުމުގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް އަރަބި ދުނިޔެއަށް ފޯރުކޮށްދީ އަރަބި ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުން ކަމަށެވެ.

"މާލްދީފް ޑޮޓް ކޮމް" ގެ ނަމުގައި ޝަހީމް ހިންގަވާ އެ ވެބްސައިޓްގައި ރާއްޖެއާ ބެހޭ ގިނަ މައުލޫމާތު ތަކެއް މިހާރު ވެސް ޝާއިއުކޮށްފައި އެބަހުއްޓެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދީ މަސައްކަތްތަކުގެ މައުލޫމާތާއި ސަގަފާތާއި ތާރީހުގެ މައުލޫމާތުތައް ވެސް އެބަހުއްޓެވެ. އޭގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ފަހުގެ ހަބަރުތައް ވެސް ހިމެނެ އެވެ.

ރާއްޖެ އިޝްތިހާރު ކުރަން ހެދި މި ވެބްސައިޓުގެ ވާހަކަ އަރަބި ބަހުން ނެރޭ ބައެއް ނޫސްތަކުގައި ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

އަރަބި ޓޫރިސްޓުންނަށް އަމާޒުކުރައްވައި ޝަހީމް މިއަދު ވެބްސައިޓެއް އިފްތިތާހު ކުރެއްވި އިރު، ކޮވިޑް-19 ހެދި ބަންދުކޮށްފައި އޮތުމަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލީ ވެސް މިއަދު އެވެ.

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނަ މީހުން ވާހަކަ ދައްކާ ބަހަކީ އަރަބި ބަހެވެ. އެބަހުން ވާހަކަ ދައްކާ 500 މިލިޔަނަށް ވުރެ ގިނަ މީހުން އުޅެ އެވެ. ފައްސަތޭކަ މިލިއަން މީހުން ޢަރަބިން ވާހަކަ ދައްކައެވެ.

މެދުއިރުމަތީގެ އަރަބިގައުމުތަކުން ރާއްޖެއަށް މިހާރުވެސް ކޮންމެވެސް ވަރަކަށް ޓޫރިސްޓުން އާދެ އެވެ.