ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރުން ފަސްކޮށް، މިހާތަނަށް ކޮށްފައިވާ އެފަދަ ޖޫރިމަނާތައް މައާފްވާ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
15 ޖުލައި 2017
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރުން ފަސްކޮށް، މިހާތަނަށް ކޮށްފައިވާ އެފަދަ ޖޫރިމަނާތައް މައާފްވާ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ވަޒީފާއާބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ބިދޭސީން މުސާރަ އާއި އިނާޔަތްތައް އެ މީހުންނަށް ދޭންޖެހޭނީ އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާކޮށް ދީގެންނެވެ. އެކަން އެގޮތަށް ނުކުރާ ނަމަ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.
އެކައުންޓަށް ފައިސާ ޖަމާ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފަށަން ކުރިން ހަމަޖައްސާފައި އޮތީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ވިޔަސް އެކަމާ ބެހޭގޮތުން ހަދާފައިވާ ގަވާއިދަށް އިސްލާހު ގެނެސް، މިހާރު ވަނީ ޖޫރިމަނާ ކުރަން ފެށުން އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހަށް ފަސްކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އެ ގަވާއިދަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި އެ އިސްލާހު ބުނާގޮތުން މިހާތަނަށް ކޮށްފައިވާ އެފަދަ ޖޫރިމަނާތައް ބާތިލްވާނެ ކަމަށާއި މިހާތަނަށް ސަރުކާރަށް ދައްކާފައިވާ އެފަދަ ޖޫރިމަނާތައް 30 ދުވަސް ތެރޭގައި އެ ފަރާތަކަށް އަނބުރާ ދޭންވާނެ އެވެ.
ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުން ގާނޫނާ އެއްގޮތަށް، ބޭންކް އެކައުންޓަށް ޖަމާ ނުކޮށް، ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ދޭ ނަމަ، ވަޒީފާދޭ ފަރާތްތައް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ. އެގޮތަށް އެ ބަދަލު ގެނައީ ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނެގުމަށް މަގު ފަހި ކުރުމުގެ ގޮތުންނެވެ.
މުސާރަ ޖަމާ ނުކުރާ ނަމަ ކުރާ ޖޫރިމަނާ ފަސްކޮށްފި
ވަޒީފާއަށް ރާއްޖެ އާދެވޭނީ ޚާއްސަ ހުއްދައެއް ލިބިގެން
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި
މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟
މިނިމަމް ވޭޖު ހަގީގަތަކަށް ވާނެ ބާ؟
އޭޖެންސީތަކާ މެދު ފިޔަވަޅު އެޅުން ހަ މަހަށް ފަސްކޮށްފި
ވިސާގެ ސައްހަކަން ކަށަވަރު ނުވާ ނަމަ ރެމިޓެންސް ނަގާނެ
ބިދޭސީން އަތުން ޓެކްސް ނަގާ އިސްލާހު ތަސްދީގުކޮށްފި
ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ ސަރުކާރެއް ނެތް
ހަޅުތާލުކުރުން ހަނިކުރި ގަވާއިދު ގާނޫނުއަސާސީއާ ހިލާފު