Roadha Mihaaru
ފާތިރު މަރާލި މައްސަލާގައި ހޯދި ކުއްޖާ ހައްޔަރުކޮށްފި

ފާތިރު މަރާލި މައްސަލާގައި ހޯދި ކުޑަކުއްޖާ ހައްޔަރުކޮށްފި

24 ޖޫން 2016

މި މަހު ކުރީކޮޅު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި، ފާތިރު މުހައްމަދު މަރާލި މައްސަލާގައި ހޯދަމުން ދިޔަ ކުޑަކުއްޖާ ފިލައިގެން އުޅެނިކޮށް މިއަދު ހައްޔަރުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

މި މަހު ކުރީކޮޅު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި، ފާތިރު މުހައްމަދު މަރާލި މައްސަލާގައި ހޯދަމުން ދިޔަ ކުޑަކުއްޖާ ފިލައިގެން އުޅެނިކޮށް މިއަދު ހައްޔަރުކޮށްފި އެވެ.

މި މަރާ ގުޅިގެން ފުލުހުން ހޯދަމުން ދިޔައީ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު 15، އާއި މާލެ، މ. ކުރިރުއް، އިރުފާން ރުޝްދީ، 21، އެވެ. އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދިފައިވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ދެ މީހުންގެ ތެރެއިން އިބާދަތު ވަނީ މިއަދު ހެނދުނު ހައްޔަރުކޮށްފަ އެވެ. އޭނާ ހޯދީ، ފުލުހުން ބުނި ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހުޅުމާލެއިންނެވެ.

"... މީގެ ތެރެއިން އިރުފާން ރުޝްދީ އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ،" ބަޔާނުގައިވެ އެވެ.

ފާތިރު މަރާލީ ވައިކަންމައްޗާއި އީގަލްސް ގުރޫޕުން ހިންގި މާރާމާރީގައި ކ. ކާށިދޫ، އަހްމަދު އިރުޝާން މަރާލި މައްސަލާގައި ބަދަލުހިފުމުގެ ގޮތުންނެވެ.

ފުލުހުން ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ. މާރާމާރީއާ ގުޅިގެން ކުޑަކުދިންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.