Roadha Mihaaru
މީޑިއާ ނެޓުން ފަސް ލައްކަ ރުފިޔާ ދައްކައިފި

"ސްޓީލިން ޕެރަޑައިސް" ދައްކައިގެން ޖޫރިމަނާ ކުރި ފަސް ލައްކަ ރުފިޔާ މީޑިއާ ނެޓުން ދައްކައިފި

22 ޖުލައި 2017

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަންތައް ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ރީބްރޯޑްކާސްޓް ކުރުމާ ގުޅިގެން މީޑިއާ ނެޓުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހުނު ފަސް ލައްކަ ރުފިޔާ އެ ކުންފުނިން ދައްކައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަންތައް ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ރީބްރޯޑްކާސްޓް ކުރުމާ ގުޅިގެން މީޑިއާ ނެޓުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހުނު ފަސް ލައްކަ ރުފިޔާ އެ ކުންފުނިން ދައްކައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު މިރޭ ވިދާޅުވީ ޖޫރިމަނާ ގޮތުގައި އެ ފައިސާ މީޑިއާ ނެޓުން ދެއްކީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރި ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާނެޓް ޖޫރިމަނާ ކުރުމުގެ އިތުރުން މައާފަށް އެދި ބަޔާނެއް ނެރުމަށް ވެސް އެ ކޮމިޝަނުން އެންގި އެވެ. އެކަމަކު ނާސިހު ވިދާޅުވީ މީޑިއާ ނެޓުން މިހާތަނަށް ބަޔާނެއް ނެރެފައި ނުވާ ކަމަށެވެ.

އަލްޖަޒީރާގެ މި ޑޮކިއުމެންޓަރީ ދައްކާ ދުވަސް ގާތްވެފައި ވަނިކޮށް، ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ވަނީ އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި ސަމާލުވުމަށް އަންގައިފަ އެވެ.

އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް ވިލް ޖޯޑަން އިސްވެ ހުރެ އުފެއްދި މި ޑޮކިއުމަންޓްރީ އަށް ވަނީ ބައިނަލްއަގްވާމީ ދެ އެވޯޑެއް ވެސް ލިބިފަ އެވެ. މި ޑޮކިއުމެންޓަރީގައި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އޭގައި ގިނައިން ބޭނުންކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން ލިބިފައިވާ ޓެކްސްޓް މެސެޖްތަކާއި ބައެއް ލިޔުންތަކާއި އަދީބާ ކައިރީގައި އުޅުނު ބައެއް މީހުންގެ އިންޓަވިއުތަކެވެ. ޑޮކިއުމެންޓްރީގައި ކޮށްފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ މަނީލޯންޑެރިންގައި ސަރުކާރުގެ ވެރިން ބައިވެރިވުމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ވެސް އޭގައި ތުހުމަތުކޮށްފައިވެ އެވެ.