ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ޖަރީމާތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މިއަދު އާންމުކުރި ޑޮކިއުމެންޓްރީ ރާއްޖޭގައި ދެއްކުމުގައި "އަބުރު"ގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފި އެވެ.
07 ސެޕްޓެމްބަރ 2016
ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ޖަރީމާތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މިއަދު އާންމުކުރި ޑޮކިއުމެންޓްރީ ރާއްޖޭގައި ދެއްކުމުގައި "އަބުރު"ގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ބައެއް އިސް ވެރިން ގާނޫނުތަކާ ހިލާފު އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުކޮށްފައިވާ "ސްޓީލިން ޕެރަޑައިސް" މިއަދު ހެނދުނު ޔޫޓިއުބްގައި އާއްމުކުރި އެވެ. އަދި އަލް ޖަޒީރާ ޓީވީން އެ ދެއްކީ ހަވީރު 5:00 ގަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ބޮޑަށް ހަނދާންކޮށްދިނީ، އަބުރުގެ ނަން ކުރިއަށް ނެރެގެން އެކަމަކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމުގެ މަގުސަދުގައި ދާދި ފަހުން ހެދި ގާނޫނުގައި ހުރި ކަންކަމެވެ.
އެގޮތުން އެ ގާނޫނާ ހިލާފު ކޮންޓެންޓް ހުރި ކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ ފަރާތުން ކޮމިޝަނަށް ލިބެމުންދާ ކަމަށް ބުނެފައިވެ އެވެ. އެހެންވެ އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގައި ސަމާލުވާން އެ ކޮމިޝަނުން އެދެ އެވެ.
ގާނޫނާ ހިލާފުވާ އެއްޗެއް ބްރޯޑްކާސްޓްކޮށް ނުވަތަ ރީބްރޯޑްކާސްޓްކޮށްފި ކަން ކޮމިޝަނަށް ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.
ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ފާސްކުރި ގާނޫނަށް ރިއާޔަތްކުރާ ނަމަ އެ ޑޮކިއުމެންޓްރީގައިވާ ގިނަ ވާހަކަތައް ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓެއް ވެސް ނުކުރެވޭނެ އެވެ. އެއީ ސިޔާސީ ބައެއް ބޭފުޅުންނާ މެދު ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވާތީ އެވެ.
ސަރުކާރުން ބުނެފައި ވަނީ އެ ޑޮކިއުމެންޓަރީގައި ސާބިތު އެއްވެސް ހެއްކަކާއި ގާރީނާއެއް ނެތް ކަމަށެވެ.
މީޑިއާނެޓް 500،000 ރުފިޔާއިން ޖޫރިމަނާކޮށްފި
މީޑިއާ ނެޓުން ފަސް ލައްކަ ރުފިޔާ ދައްކައިފި
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް
ޖޫރިމަނާ ނުކޮށް ޒިންމާ އަދާކުރަންވީ ބްރޯޑްކޮމް: ނާޝިދު
ރާއްޖެ ޓީވީ ފަންޑަށް ދެ މެމްބަރަކު 100،000ރ.
އަބުރާ ބެހުމުގެ ޝަކުވާ ލިބޭ، ކޮންޓެންޓަށް ސަމާލުވޭ
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
ބްރޯޑްކާސްޓަރުންނާއެކު މައްސަލަތަައް ހައްލުުކުރާނަން: މަރީ