Roadha Mihaaru
އީރާނުގެ ބޯޓަކަށް އެމެރިކާ މަނަވަރަކުން ބަޑި ޖަހައިފި

އީރާނުގެ ބޯޓަކަށް އެމެރިކާ މަނަވަރަކުން އިންޒާރުދޭން ބަޑި ޖަހައިފި

26 ޖުލައި 2017

ތެހެރާން (ޖުލައި 26) - އީރާނުގެ ޕެޓްރޯލް ބޯޓަކަށް ޕާސިއާން ގަލްފުގައި އެމެރިކާގެ މަނަވަރަކުން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖަހައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖުލައި 26) - އީރާނުގެ ޕެޓްރޯލް ބޯޓަކަށް ޕާސިއާން ގަލްފުގައި އެމެރިކާގެ މަނަވަރަކުން އިންޒާރު ދިނުމުގެ ގޮތުން ބަޑި ޖަހައިފި އެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލުން ބުނީ ހަތިޔާރު ހުރި އީރާނުގެ ޕެޓްރޯލް ބޯޓު އޮޕަރޭޓް ކުރީ އީރާނިއަން ރިވޮލިއުޝަނަރީ ގާޑުން ކަމަށް ބެލެވޭ ކަމަށެވެ. ބަޑި ޖެހީ އީރާނުގެ މަނަވަރު ތަންޑަބޯލްޓާ 150 ޔާޑަށް ކައިރިވުމުން ކަމަށް ވެސް ބުނެފައިވެ އެވެ. އެމެރިކާގެ މަނަވަރާ އެކު އިތުރު ދެ މަނަވަރު ވެސް އޮތެވެ. އޭގެ އިތުރުން އެ ސަރަހައްދު ޕެޓްރޯލް ކުރުމުގައި އެމެރިކާގެ އެހެން ބައެއް ބޯޓުތައް ވެސް ދަތުރު ކުރަމުން ދިޔަ އެވެ.

އެމެރިކާ އިން އިންޒާރުގެ ހަމަލާ ދިން ނަމަވެސް އީރާނުގެ ބޯޓުން ރައްދުދީފައެއް ނުވެ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ އެމެރިކާ މަނަވަރުން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.

މިއީ ޕާސިއަން ގަލްފުގައި އެމެރިކާ އާއި އީރާނުގެ ބޯޓުތަކާ ދެމެދު ހިންގި ފުރަތަމަ ކުރިމަތިލުމެއް ނޫނެވެ. މިދިޔަ ޖޫން މަހު ވެސް އެމެރިކާ އިން ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުގެ ބޯޓަކުން ނުރައްކާތެރި ގޮތަކަށް ހަރަކާތްތެރިވެފައިވާ ކަމަށް ބުނެފަ އެވެ. އެ ފަހަރު އިންޒާރުގެ ބަޑި ޖަހައިފައެއް ނުވެ އެވެ. ޕެންޓަގަނުން ބުނީ ޕާސިއަން ގަލްފުގައި އީރާނުގެ ބޯޓުތަކުން މިދިޔަ އަހަރު ނުރައްކާތެރި 35 ހާދިސާ ހިންގާފައިވާ ކަމަށެވެ.