Roadha Mihaaru
މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ޖުލައި 2017

މާލޭގެ ކެފޭއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ކެފޭއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.

ފުުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ އިރުއޮއްސި 6:30 ހާއިރު އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެ އެވެ.

ޓާމިނަލް ކެފޭގައި ހުއްޓާ ދިން ހަމަލާގައި ޒަހަމްވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މާލޭގައި މި ދުވަސްވަރު މާރާމާރީތައް އިތުުރުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ވެސް ދެ މާރާމާރީއެއް ހިނގާފައި ވެ އެވެ. އަދި މިދިޔަ ހަފުތާގައި ވެސް ދެ މާރާމާރީ ހިންގި އެވެ. އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.