Roadha Mihaaru
މާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި

މާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި

18 ފެބުރުއަރީ 2019

މާލޭގައި ދެ ގުރޫޕެއްގެ ދެމެދުގައި ރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބޯ ފަޅާލައިފި އެވެ.

މާލޭގައި ދެ ގުރޫޕެއްގެ ދެމެދުގައި ރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބޯ ފަޅާލައިފި އެވެ.

ފުލުހުން ބުނީ ދަންވަރު 12:45 ހާއިރު ހިންގި މި މާރާމާރީގައި އުމުރުން 22 އަހަރުގެ މީހެއްގެ ބޮލުގެ ދެ އިންޗިއެއްހާ ތަން ފަޅައިގެން ދިއުމުން، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށެވެ.

އަލިކިލެގެފާނު މަގުގައި ހިންގި މި މާރާމާރީގެ ތުހުމަތަށް ތިން މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ ވަޅިއަކާ އެކު އެވެ.

ފުލުހުން ބުނިގޮތުގައި، ތޫނު ހަތިޔާރު ހިފައިގެން ގުރޫޕް މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މީހުން ބޭނުންކުރި ދެ ސައިކަލް ހުއްޓުވައި ވަނީ ޓޯ ކޮށްފަ އެވެ.