Roadha Mihaaru
ލޯންޗެއް އަޑިއަށް ގޮސް، ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

ލޯންޗެއް އަޑިއަށް ގޮސް، ކަނޑުވެފައި ތިބި ބަޔަކު ސަލާމަތްކޮށްފި

28 ޖުލައި 2017

ކަނޑުގަދަވެ ލޯންޗެއް އަޑިއަށް ގޮސް، އެއިން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ ކޯސްޓްގާޑުން މިއަދު ސަލާމަތްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކަނޑުގަދަވެ ލޯންޗެއް އަޑިއަށް ގޮސް، އެއިން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ ކޯސްޓްގާޑުން މިއަދު ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު 12:30 ހާއިރު އަޑިއަށް ގޮސްފައިވަނީ ޅ. މާބިންހުރާ އިން ފުރައިގެން ކުރެއްދޫ އައިލެންޑް ރިސޯޓަށް ދަތުރު ކުރަމުން ދިޔަ "މޫންލައިޓް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. އެ މައުލޫމާތު ލިބުމުން އެ ސަރަހައްދަށް ކޯސްޓްގާޑުން ދިޔައިރު އެ ލޯންޗުން ދަތުރުކުރި ހަ މީހުން ތިބީ ކަނޑުވެފައި ކަމަށާއި ލޯންޗް އޭރު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކަނޑުވި މީހުން ސަލާމަތްކޮށް، ގެންދަނީ ކުރެއްދޫ ރިސޯޓަށެވެ. މީހުން ކަނޑުވި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓް ގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ. މިއަދު މެންދުރު ފަހު ވައި ގަދަވެ، ކަނޑުމަތީގެ އެކި ހާދިސާތައް ވަނީ ހިނގައިފަ އެވެ.