އޭޑީކޭ ހޮސްޕިޓަލްގެ ސްކޮލަޝިޕް ހަތަރު ޑޮކްޓަރަކަށް މިއަދު ދީފި އެވެ.
30 ޖުލައި 2017
އޭޑީކޭ ހޮސްޕިޓަލްގެ ސްކޮލަޝިޕް ހަތަރު ޑޮކްޓަރަކަށް މިއަދު ދީފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޑޮކްޓަރުންނަށް، ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑެންޓަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަބްދުﷲ އަފީފެވެ.
ސްކޮލަޝިޕް ލިބުނު ޑޮކްޓަރުންނާއި ދާއިރާތައް؛
- ގުރެއިޝާ ހަނީފު (ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީ އިން އިންޓާނަލް މެޑިސިން)
- އައިޝަތު އިބްނާ އަދުނާން ( ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީ އިން އޮޕްތަމޮލޮޖީ)
- ލީނާ ސަލީމް (ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީ އިން އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ)
- ފާތިމަތު ނާސިހާ (ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީ އިން ޕެޑިއެޑްރިކްސް)
އެމްބީބީއެސް ހަތަރު ޑޮކްޓަރަކަށް ސްކޮލަޝިޕް ލިބުނު އިރު އެ ހުރިހާ ސްކޮލަޝިޕަކީ ވެސް ނޭޕާލުން ހާއްސަ ވުމަށް ދިން ފުރުސަތުތަކެކެވެ. އޭގެ ތެެރެއިން އެއް ޑޮކްޓަރަކު އަންނަނީ މިހާރު ތައުލީމް ހާސިލްކުރަމުންނެވެ.
ސްކޮލަޝިޕް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ފަސް އަހަރު ވަންދެން ޕޯސްޓްގްރެޖުއޭޓް މެޑިކަލް ސްކޮލަޝިޕްގެ ދަށުން، ކޮންމެ އަހަރަކު ފަސް ޑޮކްޓަރުންނަށް ސްކޮލަޝިޕް ދޭނެ ކަމަށެވެ. މިއީ މިދިޔަ އަހަރު އަލަށް ދޭން ފެށި ސްކޮލަޝިޕަކަށް ވާއިރު، މިދިޔަ އަހަރު ވެސް ފަސް ޑޮކްޓަރުންނަށް ސްކޮލަޝިޕް ދިންކަން ފާހަގަކުރެއްވި އެވެ.
އަފްއާލް ވިދާޅުވީ މިިދިިޔަ އަހަރު ވެސް ސްކޮލަޝިޕް ދީފައި ވަނީ ހުރިހާ ދާއިރާތަކަކަށް ހުޅުވާލައިގެން ކަމަށެވެ.
"މި އަހަރު ވެސް ހުރިހާ ދާއިރާތަކަކަށް ހުޅުވާލައިގެން ސްކޮލަޝިޕް ދީފައި ވަނީ. ފަސް އަހަރު ވަންދެން ކޮންމެ އަހަރަކު ވެސް، ފަސް ސްކޮލަޝިޕަށް ދޭނެ،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަފާތު ހިދުމަތްތައް ތައާރަފްކުރުމާއި އިމާރާތްތައް އަޅާ ވާހަކަ އިވޭ ކަމަށާއި ނަމަވެސް މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ވާހަކަތައް އިވޭލެއް މަދު ކަމަށެވެ. ނަމަވެސް އެއީ ވެސް އެ ހޮސްޕިޓަލުން ކުރަމުން އަންނަ ކަމެއް ކަމަށް އަފްއާލް ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިިޓަލަށް މި އަހަރުގެ ޖެނުއަރީ މަހު 30 އަހަރު ފުރިފައިވާއިރު، އެ ހޮސްޕިޓަލްގެ ހަޔާތުގައި ސިއްހީ ދާއިރާއާ ގުޅުންހުރި ތިރީހަކަށް ސްކޮލަޝިޕް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީކޭހޮސްޕިޓަލްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި
ބޮޑު އަޖައިބެއް، ބޮޑު ސާޖަރީއެއް، ބޮޑު ޗެލެންޖެއް!
އޭޑީކޭ އިން ކާމިޔާބުކަމާއެކު އާ އޮޕަރޭޝަނެއް ކޮށްފި
އޭޑީކޭއަށް ގެންދިޔައިރު ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް
ކޮވިޑް ޓެސްޓަށް ނަގަނީ ވަރަށް ކުޑަ އަގެއް: އަފްއާލް