Roadha Mihaaru
ކޮވިޑް ޓެސްޓަށް ނަގަނީ ވަރަށް ކުޑަ އަގެއް: އަފްއާލް

އަފްއާލް ވިދާޅުވީ، އެންމެ ކުޑަ އަގެއްގައި ކޮވިޑް ޓެސްޓު ހަދަނީ އޭޑީކޭގައި ކަމަށް

09 ޖޫން 2020

ކޮވިޑް-19 އަށް ޓެސްޓު ކުރަން އޭޑީކޭ ހޮސްޕިޓަލުން ނަގަނީ ވަރަށް ކުޑަ އަގެއް ކަމަށް އެ ހޮސްޕިޓަލުން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އަށް ޓެސްޓު ކުރަން އޭޑީކޭ ހޮސްޕިޓަލުން ނަގަނީ ވަރަށް ކުޑަ އަގެއް ކަމަށް އެ ހޮސްޕިޓަލުން ރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެ ހޮސްޕިޓަލުން ކޮވިޑް-19 ގެ ޓެސްޓަކަށް ނަގަނީ 675ރ. ކަމަށެވެ. އިތުރު އަގުތަކެއް ނޫޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލުން ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޕީސީއާރު މެޝިނެއް ގެނެސް މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ޚިދުމަތް ފަށައިފަ އެވެ. އެއާ އެކު، ސަރުކާރުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ ލެބޯރެޓަރީ ވެސް ބޭނުންކުރަމުންނެވެ.

އެ ހޮސްޕިޓަލުގައި ހަދާ ކޮވިޑް-19 ގެ ހުރިހާ ޓެސްޓަކަށް ސަރުކާރުން ފައިސާ ދޭނެ އެވެ.

އަފްއާލް ވިދާޅުވީ، ކޮވިޑް-19 ގެ ޓެސްޓަށް އޭޑީކޭ ހޮސްޕިޓަލުން ޗާކްކުރަނީ މިވަގުތު ރާއްޖޭގައި އެ ޓެސްޓު ހަދައިދޭ އެންމެ ހެޔޮ އަގުކަން ޔަގީންކަމާ އެކު ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށެވެ.

"ޔުނިޓް ކޮސްޓެއް މީގައި ހަދައިފި ކަމަށް ވަންޏާ ޓެކްސް ޕޭއާއެކު ދައްކާނެ ހަމަ އެންމެ ކުޑަ އަގޭ އަޅުގަނޑުމެން މި ނަގަނީ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީސީއާރު މެޝިން ހޯދަން އެ ހޮސްޕިޓަލުން އޯޑަރުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. ނަމަވެސް އެ މެޝިނަށް ދުނިޔޭގެ އެކި ގައުމުތަކުގައި އޮތް ޑިމާންޑާ އެކު، ރާއްޖެއަށް އެ ލިބުނީ މިދިޔަ މަހުގަ އެވެ.

އެންއީއޯސީން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އަފްއާލް ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.

އެންއީއޯސީން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އަފްއާލް ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.

އަފްއާލް ވިދާޅުވީ، ކޮވިޑް-19 ގެ ޓެސްޓެއް ހަދާއިރު، ލެބޯރެޓަރީގައި، ފުލް ކިޓުގައި ތިން މީހުން ތިބެން ޖެހޭ ކަމަށާއި ރައްކާތެރިވުމަށް ބޭނުންވާ ތަކެއްޗާ އެކު، ޓެސްޓު ހަދައިދޭން ނަގަނީ ހަގީގަތުގައި ކުޑަ އަގެއް ކަމަށެވެ.

އެހާ ކުޑަ އަގެއްގައި އެ ޓެސްޓު ހަދަނީ އަފްއާލް ވިދާޅުވި ގޮތުގައި، މިފަދަ ހާލަތެއްގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ. އޭނާ ވިދާޅުވީ، ބައިވަރު ޓެސްޓުތަކެއް ހަދައިގެން ފައިދާއެއް ހޯދުމަކީ އޭޑީކޭގެ މަގްސަދެއް ނޫނެވެ. މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުން ސަލާމަތްވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 އިން ރައްކާތެރިކަން ކަށަވަރުކޮށްދޭން ޓެސްޓުތައް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލް ތިން ބާވަތެއްގެ ޓެސްޓު ހަދަ އެވެ. އެއީ ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުކުރަން ހަދާ ޓެސްޓާއި އެންޓި ބޮޑީ ޓެސްޓް އަދި ރެޕިޑް ޓެސްޓެވެ. އެ ޓެސްޓުތައް ހަދަނީ ސަރުކާރުން ފޮނުވާ ސާމްޕަލްތަކާއި އެޑްމިޓުކޮށްގެން ފަރުވާ ހޯދާ މީހުންގެ ތެރެއިން ޓެސްޓު ހަދަންޖެހޭ މީހުން އަދި އެ ނޫން ހާލަތެއްގައި ވެސް ސަރުކާރުން ހުއްދަ ދޭ މީހުންގެ އެވެ.

އަފްއާލް ވިދާޅުވީ، ކޮވިޑް-19 ގެ ޓެސްޓަށް އޭޑީކޭ ހޮސްޕިޓަލުން ޗާކްކުރަނީ މިވަގުތު ރާއްޖޭގައި އެ ޓެސްޓު ހަދައިދޭ އެންމެ ހެޔޮ އަގުކަން ޔަގީންކަމާ އެކު ވިދާޅުވާން ކެރިވަޑައިގަންނަވާ ކަމަށެވެ.

އަފްއާލް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން 2018 ވަނަ އަހަރު ބޭނުންކުރަން ފެށި ޑރ. އާރުޖޭސީ ޕާންޑިއަން ވިންގު ވެސް ހުރީ ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރީ ހާލަތުގަ އެވެ.

"ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި، ކޮންޓިންޖެންސީ އަށް ތައްޔާރީ މަސައްކަތްތަކެއް ސަރުކާރާ އެކު އޭޑީކޭ ހޮސްޕިޓަލުން ކުރި. އެގޮތުން 58 އެނދުގެ އެއް ފެސިލިޓީ، ޑރ. ޕާންޑިއަން ވިންގް. އެއީ ކޮވިޑް ޓްރީޓްމަންޓް، ކޮންޓިންޖެންސީގައި އެ ހާލަތުގައި ފެސިލިޓީ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމަށް އެތަނުގެ 58 އެނދާއި ކަރަންޓާއި ފެނާއި ފްރީ އޮކްސިޖަނާއި އަދި އެހެނިހެން އާލަތްތަކާއެކު ދިނުމަށް ތައްޔާރުވި،" އަފްއާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ، ކޮވިޑް ނޫން ބަލިތަކަށް ފަރުވާ ދިނުމަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައި އެކަން ވަރަށް ފުޅާކޮށް ގެންދިޔަ ކަމަށެވެ.