Roadha Mihaaru
ޒުވާނެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި

ޒުވާނެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި

31 ޖުލައި 2017

މާލޭގައި މިރޭ ޒުވާނެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި އެވެ.

މާލޭގައި މިރޭ ޒުވާނެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި އެވެ.

މިރޭ 9:00 ހާއިރު ދިން މި ހަމަލާގައި މަރުވީ ރ.މީދޫ ފެންފިޔާޒުގޭ އަހްމަދު އަނަސް، 25، އެވެ.

ފުލުހުން ބުނީ އަނަސް އަށް ހަމަލާ ދީފައި ވަނީ ލިޓަސް ސާވިސް ސެންޓަރު ކައިރީގައި ކަމަށެވެ. ނަމަވެސް އާންމުވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި، ޒަޚަމްވެގެން ވެއްޓިފައި އޮތް ޒުވާނާ އޮތީ ސައިކަލް ސާވިސް ސެންޓަރު ތެރޭގަ އެވެ.

އަނަސްގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބައި މުޅި ތަނުގައި އޮތީ ކޯރު ހެދިފަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި ވަޅި ހަރާފައި ވަނީ ހިތާ ދިމާލުން މެޔަށެވެ. ނަމަވެސް ހަށިގަނޑުގެ އެހެން ބައެއް ތަންތަނަށް ވެސް ހަމަލާ ދީފައިވާ ކަމަށްވެ އެވެ.

ވަޅި ހެރުމުގެ ސަބަބުން ޒަޚަމްވި ޒުވާނާގެ ގައިން ފޭބި ލޭތައް

ވަޅި ހެރުމުގެ ސަބަބުން ޒަޚަމްވި ޒުވާނާގެ ގައިން ފޭބި ލޭތައް

އެނގިފައިވާ ގޮތުގައި އަނަސް އަކީ ރ. އަލިފުށީގައި ދުއްވާ ލޯންޗެއްގެ ކައްޕި އެވެ. އޭނާ ދިރިއުޅެނީ މާލެއަކު ނޫނެވެ. އޭނާ ދަތުރެއްގައި މާލެ އައީ މިއަދު ކަމަށް ވެސް އެނގިފައިވެ އެވެ.

މާލޭގައި މި ދުވަސްވަރު މާރާމާރީތައް ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހު ކެފޭއެއްގެ ތެރޭގައި ވަނީ ޒުވާނެއްގެ ބޮލަށް ވަޅި ހެރުމުގެ ސަބަބުން މަރުވެފަ އެވެ. އެ ހަމަލާގައި މަރުވެފައި ވަނީ ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް 24، އެވެ. މަރުގެ މި މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔަރުކުރި ކަމެއް ނޭނގެ އެވެ. ނަމަވެސް މާރާމާރީގެ ބައެއް މައްސަލަތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.