01 އޯގަސްޓް 2017
ލަންޑަން (އޮގަސްޓް 1) - ސީރިއާގެ ރެފިއުޖީ ކުދިންގެ ތެރޭން ލުބުނާނުގައި ދިރިއުޅޭ 3،000 ކުދިންނަށް ތައުލީމް ދިނުމަށް އަމާލް އާއި ޖޯޖް ކްލޫނީ އެހީވާން ނިންމައިފި އެވެ.
ލަންޑަން (އޮގަސްޓް 1) - ސީރިއާގެ ރެފިއުޖީ ކުދިންގެ ތެރޭން ލުބުނާނުގައި ދިރިއުޅޭ 3،000 ކުދިންނަށް ތައުލީމް ދިނުމަށް އަމާލް އާއި ޖޯޖް ކްލޫނީ އެހީވާން ނިންމައިފި އެވެ.
ސީރިއާގެ ހަނގުރާމައިގެ ސަބަބުން ގައުމު ދޫކޮށް ދިޔަ ކުދިންގެ ތެރޭން ލުބާނާނުގައި އެކަނި ވެސް 200،000 ކުދިންނަށް ވަނީ ތައުލީމުން މަހްރޫމްވެފައި ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ސީރިއާގެ އެއް މިލިއަން މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ލުބުނާނުގައި ރަޖިސްޓްރީކޮށްފަ އެވެ. މީގެ ތެރޭގައި ބައި ލައްކަ ކުޑަ ކުދިން ހިމެނެ އެވެ.
ލުބުނާނުގައި ދިރިއުޅޭ ސީރިއާގެ ކުޑަ ކުދިންގެ ތެރޭން 200،000 ކުދިން ސްކޫލަށް ނުދާ ކަމަށް ޔުނިސެފުން ބުނި ނަމަވެސް ހިއުމަން ރައިޓްސް ވޮޗުން ބުނީ އެ އަދަދު 250،000 އަށް އަރާނެ ކަމަށެވެ.
ސީރިއާގެ 3،000 ކުދިންގެ ތައުލީމަށް އަމާލް އާއި ކްލޫނީ އެހީވަނީ ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް މެދުވެރިކޮށެވެ. ގޫގްލް އާއި އެޗްޕީ އަދި ޔުނިސެފާ ގުޅިގެން ހިންގާ ޕާޓްނާޝިޕުގައި ސްކޫލަށް މިހާރު ނުދާ 3،000 ކުދިން ސްކޫލްތަކަށް ގެންގޮސް އެ ކުދިންގެ ކިޔަވާ ސްކޫލްތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމް ކުރާނެ އެވެ.
ލުބުނާނަށް އުފަން އިނގިރޭސި ވިލާތުގެ މަޝްހޫރު ވަކީލް އަމާލް އާއި ފިލްމީ ބަތަލް ޖޯޖް ކްލޫނީ ކައިވެނި ކުރީ 2014 ވަނަ އަހަރު އެވެ. އެ ދެމަފިރިންނަށް ދާދި ފަހުން ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފަ އެވެ.
ދަރިންގެ ފޮޓޯ ނޫސްތަކުގައި ނުޖަހަން ކްލޫނީ އެދިއްޖެ
ތިން ދުވަސް ތެރޭގައި ދެ ފަހަރަށް ސަލާމަތްކުރި ދެމައިން
ހަނގުރާމާގައި ލިބުނު ދެ ކުއްޖެއްގެ މަންމަ ސާބިތުކޮށްފި
ޖޯޖް އާއި އަމާލަށް ތިން ވަނަ ދަރިޔަކު ލިބެނީ؟
އުމުރުން 60 ވުމުން ޖޯޖް ކްލޫނީ ޖެހީ ޖޯކެއް
ޝެނެލުން ލުބުނާނަށް 700،000 ޑޮލަރު
ކްލޫނީގެ ދެމަފިރިންގެ 100،000 ޑޮލަރު ބޭރޫތަށް
ކްލޫނީގެ ދެމަފިރިންގެ ފަރާތުން އެއް މިލިއަން ޑޮލަރު
އުމުރުގެ ފަރަގަކީ މައްސަލައެއްތަ؟
ނެޓްފްލިކްސް އަށް ކްލޫނީ ފިލްމެއް ޑައިރެކްޓް ކުރަނީ