Roadha Mihaaru
ޖޯޖް އާއި އަމާލަށް ތިން ވަނަ ދަރިޔަކު ލިބެނީ؟

ޖޯޖް އާއި އަމާލަށް ތިން ވަނަ ދަރިޔަކު ލިބެނީ؟

01 އޯގަސްޓް 2021

މިހާރު އެއްމާބަނޑު ދެ ކުދިން ތިބި ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީ އާއި އަންހެނުން އަމާލް ކްލޫނި އަށް ތިން ވަނަ ދަރިޔަކު ލިބެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު އެއްމާބަނޑު ދެ ކުދިން ތިބި ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީ އާއި އަންހެނުން އަމާލް ކްލޫނި އަށް ތިން ވަނަ ދަރިޔަކު ލިބެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މަޝްހޫރު ގާނޫނީ ވަކީލު އަމާލް މިހާރު އިނީ ތިން ވަނަ ދަރިފުޅަށް ބަލިވެ އެވެ. މި ވާހަކަ ވަރަށް ގިނަ މީޑިއާތަކުގައި ދެކެމުން ދަނިކޮށް އެ މީހުންގެ ތަރުޖަމާނު އީ! ނިއުސް އަށް ބުނީ އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ނަމަވެސް މަޝްހޫރު މީސްމީހުންގެ ލޯބީގެ ގުޅުންތަކާއި ކައިވެނީގެ ވާހަކަތަކާއި ބަލިވެއިނުމުގެ ވާހަކަ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސިއްރުކުރުމަކީ އާންމުކޮށް އެ މީހުން ކުރާ ކަމެކެވެ.

ޖޯޖް، 60، އާއި އަމާލް، 43، އަށް ފުރަތަމަ ލިބުނު އެއްމާބަނޑު ދެ ކުދިންނަކީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.