Roadha Mihaaru
އުމުރުގެ ފަރަގަކީ މައްސަލައެއްތަ؟

ދެމަފިރިންގެ އުމުރުގެ ފަރަގަކީ މައްސަލައެއްތަ؟

23 ޑިސެމްބަރ 2019

ކައިވެނިކުރާ އާންމުކޮށް ގިނަ ބަޔަކު ބަލާ އެއް ކަމަކީ އުމުރާ އެއްވަރުގެ މީހަކު އިހުތިޔާރު ކުރުމެވެ. އެކަމަކު ޒަމާނުސުރެ ވެސް އެ މީހަކަށް ވުރެ އެތައް އަހަރެއް ދޮށި ނުވަތަ އެތައް އަހަރެއް ހަގު މީހުންނާ ކައިވެނި ކުރުމަކީ އޮންނަ ކަމެކެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ ފިރިހެނުންގެ މެދުގަ އެވެ. އުމުރުން ދުވަސްވީ ފިރިހެނުން އެ މީހުންނަށް ވުރެ އެތައް އަހަރެއް ހަގު/ދޮށި މީހަކާ ކައިވެނި ކުރުމަކީ މާ ބޮޑު މައްސަލަ އަކަށް ވެސް ނުވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކައިވެނިކުރާ އާންމުކޮށް ގިނަ ބަޔަކު ބަލާ އެއް ކަމަކީ އުމުރާ އެއްވަރުގެ މީހަކު އިހުތިޔާރު ކުރުމެވެ. އެކަމަކު ޒަމާނުސުރެ ވެސް އެ މީހަކަށް ވުރެ އެތައް އަހަރެއް ދޮށި ނުވަތަ އެތައް އަހަރެއް ހަގު މީހުންނާ ކައިވެނި ކުރުމަކީ އޮންނަ ކަމެކެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ ފިރިހެނުންގެ މެދުގަ އެވެ. އުމުރުން ދުވަސްވީ ފިރިހެނުން އެ މީހުންނަށް ވުރެ އެތައް އަހަރެއް ހަގު/ދޮށި މީހަކާ ކައިވެނި ކުރުމަކީ މާ ބޮޑު މައްސަލަ އަކަށް ވެސް ނުވެ އެވެ.

އެކަމަކު އަންހެނަކު އޭނާ އަށް ވުރެ އެތައް އަހަރެއް ހަގު/ދޮށި މީހަކާ އިނުމަކީ ވަރަށް ގިނަ ފަހަރަށް ފާޑުކިޔުންތައް އަމާޒުވާ ކަމެކެވެ. އަދި ކަމަކީ ވަކިން ހާއްސަކޮށް މަޝްހޫރު މީސްމީހުންގެ ތެރޭގައި އޮންނަ ޓްރެންޑެއް ވެސް މެ އެވެ.

މި ކެޓަގަރީތަކަށް ފެތޭ މަޝްހޫރު އެތައް ސެލެބްރިޓީންނެއް އެބަ ތިއްބެވެ. އެފަދަ 10 ޖޯޑަކަށް ބަލައިލުން ކިހިނެއް ވާނެ ހެއްޔެވެ؟

1. ޕްރިޔަންކާ އާއި ނިކް

މިދިޔަ އަހަރު ކައިވެނި ކުރި އިންޑިއާގެ ބަތަލާ ޕްރިޔާންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްގެ އުމުރުގައި 10 އަހަރުގެ ފަރަގެއް އެބަހުއްޓެވެ. ޕްރިޔަންކާގެ އުމުރަކީ 37 އެވެ. ނިކް އަށް 27 އެވެ.

2. ރަޔަން އާއި ބްލޭކް

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަޔަން ރޭނޯލްޑްސް އާއި ބްލޭކް ލައިވްލީގައި އުމުރުގައި 11 އަހަރުގެ ފަރަގެއް އެބަހުއްޓެވެ. އެކަމަކު އެއީ ދެ މީހުންގެ ގުޅުމުން ދައްކުވައިދޭ ކަމެއް ނޫނެވެ. ދެ ތަރިންގެ ދެ ތަރިން ވެސް އެބަތިއްބެވެ. ރަޔަން، 43 އާއި ބްލޭކް، 32، ކައިވެނިކުރީ 2012 ގަ އެވެ.

3. ކްލޫނީ އާއި އަމާލް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި މަޝްހޫރު ވަކީލާ އަމާލް ކްލޫނީގެ އުމުރުގައި 17 އަހަރުގެ ފަރަގެއް އެބަހުއްޓެވެ. އެ ދެ މީޙުން 2014 ގައި ކައިވެނި ކުރިއިރު، ކްލޫނީގެ އުމުރަކީ 58 އެވެ. އަމާލަށް 41 އަހަރެވެ. ދެ މީހުންގެ މިހާރު އެއްމާބަނޑު ދެ ކުދިން ވެސް ތިބެ އެވެ.

4. ބިޔޯންސޭ އާއި ޖޭ-ޒީ

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ބިންޔޯސޭ އާއި ފިރިމީހާ އަދި މިއިޒިޝަން ޖޭ-ޒީގެ އުމުރުގައި 12 އަހަރުގެ ފަރަހެއް އެބަހުއްޓެވެ. ބިޔޯންސޭގެ އުމުރަކީ 38 އެވެ. ޖޭ-ޒީ އަށް 50 އެވެ. މި ދެ މީހުން 2008 ގައި ކުރި ކައިވެންޏަށް ތިން ދަރިން ލިބިފައިވެ އެވެ.

5. ކެތެރީން އާއި މައިކަލް

ހޮލީވުޑްގެ ތަރިން ކަމަށްމާ ކެތުރީން ޒީޓާ ޖޯންސާއި މައިކަލް ޑަގްލަސް އަކީ ބަލާބެލުމަށް ވެސް އުމުރުގެ ތަފާތު ދެ މީހުންގެ ސިފައިން ފާޅުވާނެ ޖޯޑެކެވެ. މި ދެ ތަރިންގެ އުމުރުގައި 25 އަހަރުގެ ފަރަހެއް އެބަހުއްޓެވެ. ކެތުރީންގެ އުމުރަކީ 50 އެވެ. މައިކަލް އަށް 75 އެވެ. ދެހާސް ވަނަ އަހަރު ކުރި ކައިވެންޏަށް ކެތުރިނަށް ދެ ކުދިން ލިބިފައިވެ އެވެ.

6. ޖެކްމަން އާއި ޑެބޯރާ

އޮސްޓްރޭލިއާ އަށް އުފަން މަޝްހޫރު އެކްޓަރު ހިއު ޖެކްމަން އާއި އަންހެނުން އަދި ބަތަލާ ޑެބޯރާ ލީ-ފާނެޒްގެ އުމުރުގައި 13 އަހަރުގެ ފަރަގެއް އެބަހުއްޓެވެ. އުމުރުން 51 އަހަރުގެ ޖެކްމަން އާއި ޑެބޯރާ، 64، ކައިވެނިކުރީ 1996 ގަ އެވެ.

"ވުލްވްރިން" ގެ ރޯލް ކުޅުނު އެކްޓަރުގެ މިހާރު ދެ ކުދިން އެބަތިއްބެވެ.

7. ހެރިސަން އާއި ކެލިސްޓާ

"ބްލޭޑް ރަނާ" އާއި "ސްޓާ ވޯސް" އަދި "އިންޑިއާނާ ޖޯންސް" ގެ ފިލްމުތަކުން ފެނިފައިވާ މަޝްހޫރު އެކްޓަރު ހެރިސަން ފޯޑާއި އަންހެނުން ކެލިސްޓާ ފްލޮކްހާޓްގެ އުމުރުގެ ތަފާތަކީ 22 އަހަރެވެ. ހެރިސަންގެ ތިން ވަނަ ކައިވެނީގެ ގޮތުގައި ކެލިސްޓާއާ ކައިވެނިކުރީ 2010 ގަ އެވެ. ހެރިސަންގެ މިހާރުގެ އުމުރަކީ 77 އެވެ. ކެލިސްޓާ އަށް 55 އެވެ.

8. ވިލިސް އާއި އެމާ

"ޑައި ހާޑް" ގެ ފިލްމުތަކުން ވިދައިލި އެކްޓަރު ބްރުސް ވިލިސް އާއި އެމާ ހެމިންސް 2009 ގައި ކައިވެނިކުރި އިރު، މި ދެ މީހުންގެ އުމުރުގައި 23 އަހަރުގެ ފަރަގެއް އެބަހުއްޓެވެ. ވިލިސް އަށް މިހާރު 64 އެވެ. އެމާގެ އުމުރަކީ 41 އެވެ. ކުރީގެ ކައިވެންޏާ އެކު ވިލިސްގެ ޖުމްލަ ފަސް ކުދިން އެބަ ތިއްބެވެ.

9. މެތިއު އާއި ކެމީލާ

ކުޅޭ ފިލްމުތަކަށް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކުޅަދާނަ އެކްޓަރެއްގެ ގޮތުގައި މަޝްހޫރު މެތިއު މެކޮނަހީ އާއި އަންހެނުން ކެލީމާ އަލްވެސްގެ އުމުރުގެ ތަފާތަކީ 13 އަހަރެވެ. މި ދެ މީހުން ކައިވެނުކުރީ 2012 ގަ އެވެ. މެތިއުގެ މިހާރުގެ އުމުރަކީ 50 އެވެ. ކެމީލާ އަށް 37 އަހަރެވެ.

10. ފާސްބެންޑާ އާއި އެލީޝިއާ

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ދެ ތަރިން ކަމަށްވާ މައިކަލް ފާސްބެންޑާ އާއި އެލީޝިއާ ވިކަންޑާގެ އުމުރުގެ ފަރަގަކީ 11 އަހަރެވެ. އެ ދެ މީހުން ކައިވެނި ކުރީ 2017 ގަ އެވެ. ދެ ތަރިންގެ އުމުރަށް ބަލާ އިރު ފާސްބެންޑާ އަށް މިހާރު 42 އެވެ. އެލީޝިއާ އަށް 31 އެވެ.