ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ވަކިވަކި ސިފައިން ގާނޫނާ ޚިލާފުވަމުންދާ ކަމަށް ބުނެ ދައުވާކުރާނެ ކަމުގެ ބިރު އިދިކޮޅު ފަރާތްތަކުން ދެއްކިއަސް އެކަމާ ކަންބޮޑުނުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެދިވަޑައިގެންފި އެވެ.
02 އޯގަސްޓް 2017
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ވަކިވަކި ސިފައިން ގާނޫނާ ޚިލާފުވަމުންދާ ކަމަށް ބުނެ ދައުވާކުރާނެ ކަމުގެ ބިރު އިދިކޮޅު ފަރާތްތަކުން ދެއްކިއަސް އެކަމާ ކަންބޮޑުނުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެދިވަޑައިގެންފި އެވެ.
މިނިސްޓަރު މިގޮތަށް އެދިވަޑައިގަތީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ސިއްރު އެ ބައްދަލުވުމުގެ އޯޑިއޯ ލީކުވެފައިވާއިރު އެންމެ ގިނަ ސިފައިން ކަންބޮޑުވުން ފާޅުކުރީ، އެމްއެންޑީއެފްގެ ލީޑަޝިޕުގެ އަމުރަށް ސިފައިން އަމަލުކުރަމުން އަންނައިރު، އެއީ ގާނޫނާ ޚިލާފަށް އަމަލުކުރުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައުވާ ކުރާނެ ކަމަށް ބުނާ ބުނުމެވެ. އެއީ، އިންތިހާ އަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވެސް އެ ބައްދަލުވުމުގައި ބައެއް ސިފައިން ބުންޏެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ސިފައިންގެ ޔުނިފޯމުގައި ތިބެ، އަމަލުކުރަނީ ސިފައިންގެ އިސްވެރިންގެ އޯޑަރަށް ކަމަށްވާއިރު، ވަކިވަކި ސިފައިން ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ. އެއީ މުއައްސަސާ އިން ޒިންމާވާން ޖެހޭ ކަމެއް ކަމަށާއި އެފަދަ ކަންކަމަށް އެ މުއައްސަސާ އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އެގޮތަށް ބިރުދައްކަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށެވެ.
"އެތަނަށް ގޮސް އެ ހުންނަނީ އެއްގޮތަށް ވެސް ރަމީޒެއް ނޫން. ސިފައިން ކަނޑައަޅާފައިވާ ހެދުމެއްގައި ގޮސް ހުންނަ މީހެއް. އެހެންވީމާ އަޅުގަނޑުމެން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު، ލީޑަޝިޕުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރަމުންދާ ހިނދެއްގައި އޭނަ އެކަންޏެއް ނުވާނެ. އެކުގައި މުއައްސަސާ އޮންނާނެ. ދައުވާ ކުރާ ކަމުގައިވާ ނަމަ ވެސް އެކަމަށް ވަކާލާތު ކުރާނަން. އެއީ މުއައްސަސާ އިން ކުރާ ކަމެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"ފަހަރެއްގައި ވެސް ވަކިވަކި ކުއްޖަކަށް އެ ދައުވާއެއް ނުކުރެވޭނެ. އަދި އެ މީހުން އެ ވާހަކަ ދައްކާ ބޭނުމަކީ ވެސް އޭގެ ޒާތުގައި ކޮންމެހެން، އެ މީހުން އެކަން ކުރާކަށް ވެސް ނޫން. އެއީ ހަމަ ކަނޑައެޅިގެން ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމާއި އޭގެ ޒާތުގައި އެގޮތަށް ތިބޭފުޅުންގެ ޒިންމާ އަދާކުރުމަށް ފުރުސަތު ނުދިނުމަށް ދެކެވޭ ވާހަކައެއް."
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން މިހާތަނަށް ވެސް ގާނޫނާ ހިލާފު އަމަލެއް ހިންގާފައެއް ނުވާނެ އެވެ. ސިފައިންގެ މަސައްކަތުގެ ތެރޭގައި އެއްވެސް ޣައިރު ގާނޫނީ އަމަލެއް ހިންގަން ސިފައިންގެ އިސްވެރިން ނާންގަވާނެ ކަމުގެ ޔަގީންކަން ވެސް ޑިފެންސް މިނިސްޓަރު ދެއްވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް، ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކުރި މައްސަލާގައި ސިފައިންގެ ތެރެއިން އެކަމުގައި ޝާމިލްވި ވަކިވަކި ސިފައިންނަށް ވަނީ ދައުވާކޮށްފަ އެވެ. އަދި އެ މައްސަލާގައި މިހާރު ވެސް އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު، ހިތަދު މެދުދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ މައްޗަށް އަންނަނީ ޝަރީއަތް ހިންގަމުންނެވެ.
ލީކުވެފައިވާ މި އޯޑިއޯއާ ގުޅޭގޮތުން މިނިސްޓަރުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
ލިޔުންތައް ނުލިބިގެން އާދަމް ޝަރީފާ ސުވާލެއް ނުކުރެވުނު
ސިފައިންނާއި ފުލުހުންގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
ހާލަތަށް ބަލައި ސިފައިން ނިންމާނީ ރަނގަޅަށް: އާދަމް
ކުރީ ސަރުކާރުން ތިލަފަޅު ހަދަން ބޭނުންވީ އަމިއްލައަށް
ފެންޖަހާ ޑްރޯނެއް ވެސް ނެތުމުން ހިތާމަކުރަން: ޖާބިރު
ހާލުގައިޖެހޭ ތަން ބަލަން ތިބެވޭކަށް ނެތް: ހުސެއިން
ލައިފް ޖެކެޓް އަޅަން ލާޒިމް ކުރަން މަޖިލިހަށް ގަރާރެއް
ފެބްރުއަރީ 7 އާ ގުޅިގެން ފުލުހުން ވަކިކުރި: އިމްރާން