Roadha Mihaaru
"ބޮސް"ގެ 75 ޕަސެންޓް ޝޫޓިން ނިމިއްޖެ

"ބޮސް"ގެ 75 ޕަސެންޓް ޝޫޓިން ނިމިއްޖެ

04 އޯގަސްޓް 2017

އަންނަ އޮކްޓޯބަރު މަހުގެ 24 ގައި ރިލީޒް ކުރާ ފިލްމް "ބޮސް" ގެ ޝޫޓިންގެ 75 ޕަސެންޓް ނިންމާލައިފައިވާ ކަމަށް ޑައިރެކްޓަރު އައިޝަތު ރިޝްމީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އޮކްޓޯބަރު މަހުގެ 24 ގައި ރިލީޒް ކުރާ ފިލްމް "ބޮސް" ގެ ޝޫޓިންގެ 75 ޕަސެންޓް ނިންމާލައިފައިވާ ކަމަށް ޑައިރެކްޓަރު އައިޝަތު ރިޝްމީ ބުނެފި އެވެ.

މި ފިލްމަކީ ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު، ރިޝްމީގެ ކޮއްކޮ އަދި މިހާރު އެންމެ ވިދާ ބަތަލާ މަރިޔަމް އައްޒަ އެވެ.

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ.

"ބޮސް" ގެ ޝޫޓިންގެ ތެރެއިން.

"ބޮސް" ގެ ޝޫޓިންގެ ތެރެއިން.

ފިލްމުގެ ޝޫޓިންގައި ސަން އަކްއާ ވިލުރީފްގައި ހުރެ ރިޝްމީ ބުނީ "ބޮސް" ގެ މަސައްކަތް ދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ހަމަ ވަރަށް ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރިއަށް ދަނީ. ފިލްމުގެ ހަތްދިހަ ފަސްޕަސަންޓް ޝޫޓްކޮށް ނިންމާލެވުނު އިރު ކާސްޓާއި ކްރޫގެ މަސައްކަތް ވަރަށް ބަރާބަރޭ ބުނެވޭނީ،" އޭނާ ބުންޏެވެ.

ރިޝްމީ ބުނީ "ބޮސް" އޭނާ ޑައިރެކްޓް ކުރިޔަސް، ފިލްމުގެ މަންޒަރުތައް ފައިނަލް ކުރަނީ ނަހުލާ ހިތްހަމަޖެހޭވަރު ކޮށްފައި ކަމަށެވެ. އެހެންވެ ނަހުލާ ކުރިިން ގެނެސް ދިން ލޯބީގެ ފިލްމްތަކުގައި ހުރި ގޮތްގަނޑު "ބޮސް" ގައި ވަރަށް ބޮޑަށް ހުންނާނެ ކަމަށް ބުންޏެވެ.

"ބޮސް" ގެ ޝޫޓިންގެ ތެރެއިން.

ރިޝްމީ ބުނީ މި ފިލްމުގެ ލީޑުން އާ އެކްޓަރަކު ފެނުނުސް، ޔުނާންގެ މަސައްކަތް ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

ނަހުލާ ވެސް ބުނީ "ބޮސް" ގެ މަސައްކަތް އަދި ކުރިއަށް ދަނީ ރޭވި ގޮތަށް ކަމަށެވެ. އެހެންވެ ޓާގެޓަކީ މި މަހުގެ 15 އަށް ޝޫޓިން އެއްކޮށް ނިންމައިލުން ކަމަށް ބުންޏެވެ.