ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ 10 ބުރީގެ އިމާރާތެއް ހުޅުމާލޭގައި އަޅަން ނިންމައިފި އެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ 10 ބުރީގެ އިމާރާތެއް ހުޅުމާލޭގައި އަޅަން ނިންމައިފި އެވެ.
އެ ޔުނިވަސިޓީން އިއްޔެ ވަނީ ހުޅުމާލޭގައި އިމާރާތްކުރާ އޮފީސް ކޮމްޕްލެކްސްގެ ކޮންސެޕްޓް ޑިޒައިނިން، ތަފުސީލީ ކުރެހުން އަދި ޕްރޮޖެކްޓް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ. އެކަމާ ގުޅޭ އަންދާސީ ހިސާބު މި މަހުގެ 22 ގައި ހުށަހެޅުމަށް އައިޔޫއެމް އިން ވަނީ އަންގައިފަ އެވެ.
އިސްލާމިކް ޔުނިވަސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ މިިދިޔަ އަހަރު ވިދާޅުވެފަ އެވެ. އެ ޔުނިވަސިޓީގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ އެތަން މިހާރު ހިންގަމުން އަންނަނީ ޔުނިވަސިޓީއަކަށް އެންމެ ފުރިހަމަ ތަނެއްގައި ނޫން ކަމަށެވެ.
އެހެންކަމުން އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ބިމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.
އިސްލާމިކް ޔުނަވާސިޓީ ހިންގަމުން އަންނަނީ ކުރިން މައުހަދާއި ކުއްލިއްޔާ ހިންގި އިމާރާތުގަ އެވެ. އެ ޔުނިވަސިޓީ ގައި ޖާގައިގެ ދަތިކަން ހުރި ނަމަވެސް، އެ އިމާރާތަށް ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ޔުނިވަސިޓީގެ ހަތަރު ފެކަލްޓީއަކާއި ތިން ސެންޓަރެއް މިހާރު ވެސް ހުރެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވަގުފް ބިނާގެ ބިންގާ އަޅައިފި
އައިޔޫއެމް އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަނީ
އައިޔޫއެމް ޓަވަރުއަޅަން ހަ ކުންފުންޏަކުން ކުރިމަތިލައިފި
އައިޔޫއެމުން ހުޅުމާލޭގައި ވަގުފު ބިލްޑިންގެއް އަޅަނީ
އިގްތިސާދާ ބެހޭ އިލްމު ޔުނިވާސިޓީން ކިޔަވައިދޭން ފަށަނީ
އިސްލާމިކް ޔުނިވާސިޓީގެ އިމާރާތެއް އެޅުމަށް ބިމެއް ދެނީ
މުނި ހޯމްއިން ހުޅުމާލެ 2ގައި އެޅި މިސްކިތް ހުޅުވައިފި
ހުޅުމާލެ 2 އަށް ދާއިމީ، ރީތި މިސްކިތްތަކެއް!
އައިޔޫއެމް މުޅި ރާއްޖެއަށް ދެ އަހަރު ތެރޭ ފުޅާކުރަނީ
އައިޔޫއެމްއަށް އެހީވާން ބުނި އައިޑީބީގެ ޚަބަރެއްނުވި