އިސްލާމީ ޔުނިވަސިޓީން ހުޅުމާލޭގައި އިމާރާތް ކުރާ ވަގުފް ބިނާގެ ބިންގާ މިއަދު އަޅައިފި އެވެ.
07 މާޗް 2018
އިސްލާމީ ޔުނިވަސިޓީން ހުޅުމާލޭގައި އިމާރާތް ކުރާ ވަގުފް ބިނާގެ ބިންގާ މިއަދު އަޅައިފި އެވެ.
"ސަނާބިލް" ގެ ނަން ދީފައިވާ އިމާރާތުގެ ބިންގާ އެޅި ނަމަވެސް އިސްލާމިކް ޔުނިވަސިޓީގެ އޮފިޝަލަކު ވިދާޅުވީ، އަދި ކުރަމުން އަންނަނީ އެތަނުގެ ކުރެހުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ކޮންޓްރެކްޓަރެއް ހޯދަން އިއުލާންކޮށް، އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަގުފް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ ޔުނިވަސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ އިސްވެރިޔާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.
މިއީ ރަސްމީ ތަފާތު ކަންކަމަށް ބޭނުން ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ހަތް ބުރީގެ އިމާރާތެކެވެ.
އިސްލާމިކް ޔުނިވަސިޓީން ބުނީ، އޮފީސްތަކާއި މީޓިން ރޫމްތަކުގެ އިތުރުން 300 މީހުންގެ ޖާގައިގެ ހޯލަކާއި ފުޑް ކޯޓެއް ހިމެނޭ އިމާރާތަށް 56 މިލިއަން ރުފިޔާާ ހަރަދު ވާނެ ކަމަށެވެ.
ބިންގާ އެޅުމަށް ފަހު ޝަހީމް ވިދާޅުވީ، މިއީ އިސްލާމިކް ޔުނިވާސިޓީ އަށް ފަންޑު އިތުރު ކުރުމުގެ ގޮތުން އިމާރާތް ކުރާ ތަނެއް ކަމަށެވެ. އަދި އިމާރާތުގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިލްޑިންގް ނިމުމުން އޭގެ ފައިދާ އިސްލާމިކް ޔުނިވާސިޓީ އަށް ލިބިގެންދާނެ. އަޅުގަނޑުމެން ނެތަސް އެ ދުވަސް ފެނުން އަޅުގަނޑު އުފާވާނެ ދުވަހެއް. އުއްމީދު ކުރެވެނީ މީގެ ހެޔޮކަން އިސްލާމިކް ޔުނިވަސިޓީ އާއި ދަރިވަރުންނަށް ލިބޭނެ ކަމަށް،" ހުޅުމާލޭގެ ސެންޓްރަލް ޕާކް ކުރިމަތިން އޮންނަ 11528 ވަނަ ޕްލޮޓުގައި އަޅާ އިމާރާތާ ގުޅޭ ގޮތުން ޑރ. ޝަހީމް ވިދާޅުވި އެވެ.
އައިޔޫއެމުން ހުޅުމާލޭގައި ވަގުފު ބިލްޑިންގެއް އަޅަނީ
އައިޔޫއެމް އިން ހުޅުމާލޭގައި ވަގުފު އިމާރާތެއް އަޅަނީ
އައިޔޫއެމް ޓަވަރުއަޅަން ހަ ކުންފުންޏަކުން ކުރިމަތިލައިފި
އައިޔޫއެމް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް
މުނި ހޯމްއިން ހުޅުމާލެ 2ގައި އެޅި މިސްކިތް ހުޅުވައިފި
ހުޅުމާލެ 2 އަށް ދާއިމީ، ރީތި މިސްކިތްތަކެއް!
އައިޔޫއެމް މުޅި ރާއްޖެއަށް ދެ އަހަރު ތެރޭ ފުޅާކުރަނީ
އައިޔޫއެމްއަށް އެހީވާން ބުނި އައިޑީބީގެ ޚަބަރެއްނުވި
ދެ ޔުނިވަސިޓީ އެއްކޮށްލުމަކީ ބޭކާރު ކަމެއް: ޖަމީލު
"އިސްލާމީ ދެ މުއައްސަސާއަށް ވެރިން ނުލާތީ ކަންބޮޑުވޭ"