13 އޯގަސްޓް 2017
އިދިކޮޅު ފަރާތްތަކުން މިދިޔަ މަހު ބޭއްވި މުޒާހަރާ ކަވަރު ކުރި ނޫސްވެރިންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މިދިޔަ މަހު ބޭއްވި މުޒާހަރާ ކަވަރު ކުރި ނޫސްވެރިންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ނޫސްވެރިންނަށް ހަމަލާދީ، އެމީހުން ގެންގުޅުނު ތަކެއްޗަށް ގެއްލުން ދިން މައްސަލަ ބަލަނީ ކޮމިޝަންގެ އަމިއްލަ އިސް ނެގުމަކަށެވެ.
އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މިދިޔަ މަހުގެ 26 ގައި ބޭއްވި އެއްވުން ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދިން މައްސަލަައިގެ ތަހުގީގު އެޗްއާރުސީއެމުން ފެށި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކޮމިޝަނަކުން ނުދެ އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ، އެ ރޭ ފުލުހުން ވަނީ ސަންގު ޓީވީގެ ހަތަރެއް އަދި ރާއްޖެ ޓީވީގެ ތިން ނޫސްވެރިއަކު ހައްޔަރުުކޮށްފަ އެވެ. ނޫސްވެރިއެއްކަން އަންގައިދޭ ކާޑު އަޅައިގެން ތިއްބައި އެ މީހުން ހައްޔަރުކުރީ އެމްޑީޕީ ހަރުގޭގެ ތެރެއިންނާއި ހަރުގެ ކައިރިންނެވެ. އެ ނޫސްވެރިން ބުނި ގޮތުގައި ފުލުހުން އެމީހުން ހައްޔަރުކުރީ ކެމެރާތަކަށް ގެއްލުން ދިނުމަށް ފަހު އެވެ.
އެ މީހުން ހައްޔަރުކުރިއިރު، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރި ކަމަށް ނޫސްވެރިން ބުނެ އެވެ. އެއްވުމުގެ ތެރެއިން ފުލުހަކު ނޫސްވެރިއަކަށް އަނިޔާކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ. އެ ނޫސްވެރިން ދޫކޮށްލީ، މޯލްޑިވްސް މީޑިއާ ކައުންސިލާއި މީޑިއާގެ ފިއްތުންތަކާ އެކުގަ އެވެ.
އެއްވުން ކަވަރު ކުރަމުން ދަނިކޮށް ބައެއް ނޫސްވެރިންނަށް އަނިޔާކޮށް، އެއްވުން ކަވަރު ކުރަން ގެންގުޅުނު ސާމާނުތަކަށް ގެއްލުން ދިން ކަމަށް ބުނެ ދެ ފުލުހުއްގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ.
ހައްޔަރުކުރި ނޫސްވެރިންގެ ޝަކުވާތައް އެމްއެމްސީއަށް
2016: ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ލޮޅުމެއް
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
މީޑިއާއަށް ޓެކްނޮލޮޖީ ތައާރަފްކުރަން އެހީވާނަން: މަލީހް
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
ކޮންމެ އެއްޗެއް ލިޔުނަސް މީޑިއާތަކަށް ދައުވާއެއްނުކުރާނެ
އަހަރެން ހޭނެތުނީ ފުލުހުންގެ އަނިޔާތަކުން: ހުސައިން
މީޑިއާގެ އަމަލު ހުރީ އެއްވި މީހުންނާ އެއް ހަމައެއްގައި
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް