Roadha Mihaaru
ރާޖަޕަކްސާގެ އާއިލާގެ މެންބަރުން ރިޔާސީ ކޮމިޝަނަށް

ރާޖަޕަކްސާގެ އާއިލާގެ މެންބަރުން ރިޔާސީ ކޮމިޝަނަށް

15 އޯގަސްޓް 2017

ކޮލަމްބޯ (އޮގަސްޓް 15) - ސްރީ ލަންކާގެ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަން، ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (އެފްސީއައިޑީ) އަދި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ އާއިލާގެ ތިން މެންބަރަކު މި ހަފުތާގައި ހާޒިރު ކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރާޖަޕަކްސާގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސާ ސީއައިޑީ އަށް ހާޒިރު ކުރާނީ މިއަދު އެވެ. އަދި ހަގު ދަރިކަލުން ރޮހީތާ ރާޖަޕަކްސާ ވެސް ސީއައިޑީ އަށް ހާޒިރު ކުރާނީ މިއަދު އެވެ. ދަރިކަލުން ޔޮޝިތާ ރާޖަޕަކްސާ ސީއައިޑީ އަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ އެވެ. ޝިރާންތީ ހާޒިރު ކުރަނީ ގައުމީ ޓީމުގެ ކުރީގެ ރަގްބީ ކުޅުންތެރިޔާ ވަސީމް ތާޖުއްދީން މަރާލި މައްސަލާގައި ބަޔާނެއް ނެގުމަށެވެ. ޖުލައި 27 ވަނަ ދުވަހު ވެސް ޝިރާންތީ ވަނީ ސީއައިޑީ އަށް ހާޒިރުކޮށްފަ އެވެ. މި ހާދިސާއާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ޔޮޝިތާ ވެސް ކުރިން ވަނީ ސީއައިޑީ އަށް ހާޒިރުކޮށްފަ އެވެ.

ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށް ޔޫއެންޕީގެ ޕާލަމެންޓުގެ މެންބަރުންތަކެއް މިދިޔަ ހަފުތާގައި ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ދަންނަވައިފަ އެވެ. ބައެއް މެންބަރުން ތުހުމަތު ކުރި ގޮތުގައި ތަހުގީގު ލަސްކުރަމުން ދަނީ ޖަސްޓިސް މިނިސްޓަރު ވިޖެދަސާ ރާޖަޕަކްސާ އެވެ. އަދި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ވަނީ މަޝްވަރާ ކޮށްފަ އެވެ.