Roadha Mihaaru
ރާޖަޕަކްސާގެ އަރިސް ދެ އޮފިޝަލަކު ކޮރަޕްޝަނުގައި ޖަލަށް

ރާޖަޕަކްސާގެ އަރިސް ދެ މީހަކު ކޮރަޕްޝަނުގެ ކުށުގައި ޖަލަށް

08 ސެޕްޓެމްބަރ 2017

ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުގެ އިސް ދެ ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށްލާން ކޮލަމްބޯގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުގެ އިސް ދެ ބޭފުޅެއްގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށްލާން ކޮލަމްބޯގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ކޮލަމްބޯ ހައި ކޯޓުން އިއްޔެ ހުކުމް އިއްވާފައި ވަނީ ރާޖަޕަކްސާގެ ސެކްރެޓަރީ ލަލިތު ވީރަތުންގާ އާއި ސަރުކާރުން ހިންގާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަނުގެ ކުރީގެ ވެރިޔާ އަނޫޝާ ޕަލްޕިޓާގެ މައްޗަށެވެ. ދެ މީހުން ވެސް ވަނީ ބުރަ މަސައްކަތާ އެކު ތިން އަހަރަށް ޖަލަށްލާން ހުކުމް ކުރުމުގެ އިތުރުން 52 މިލިއަން ރުޕީސް (340،760 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ. މި ދެ މީހުންގެ ވަކީލުން ބުނެފައި ވަނީ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރާޖަޕަކްސާ ބަލި ކުރައްވާ ރައީސް މައިތުރިޕާލާ ސިރިސޭނާ 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ގައުމުން ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު އެވެ. ކުރީގެ ސަރުކާރުގެ ކޮޮރަޕްޝަނުގެ 50 އަށް ވުރެ ގިނަ މައްސަލަ ބަލަމުން ދިޔަ ނަަމަވެސް މިއީ މިހާތަނަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ. ރާޖަޕަކްސާގެ ދެ ދަރިކަލުން ކަމަށްވާ ނަމާލް އާއި ޔޮޝިތާގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ސުވާލުކޮށްފަ އެވެ. އިކޮނޮމިކް މިނިސްޓްރީ ހިންގެވި ރާޖަޕަކްސާގެ ކޮއްކޮ ބާސިލް ވެސް ވަނީ ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށް ސުވާލުކޮށްފަ އެވެ.

ރިޔާސީ އިންތިޚާބު މޮނިޓާ ކުރި ފަރާތްތަކުން ވަނީ 2015 ވަނަ އަހަރުގެ އިންތިޚާބު ބޭއްވުމުގެ ކުރިން ވޯޓުލާ މީހުންނަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.