މާލޭގައި މިހާރު ހަރުކޮށްފައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާގެ އަދަދު ދެ ގުނަ އިތުރު ކުރަން ފުލުސް އޮފީހުން ނިންމައިފި އެވެ.
16 އޯގަސްޓް 2017
މާލޭގައި މިހާރު ހަރުކޮށްފައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާގެ އަދަދު ދެ ގުނަ އިތުރު ކުރަން ފުލުސް އޮފީހުން ނިންމައިފި އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރާނެ 178 ކެމެރާ ހޯދުމަށް ފުލުހުން ވަނީ ބީލަމަށް ލައިފަ އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް 165 ސީސީޓީވީ ކެމެރާ ވަނީ ހަރުކޮށްފަ އެވެ. އަދި ދެ ގުނަ އިތުރަށް މާލޭގައި ކެމެރާ ހަރުކުރަން ނިންމީ، އެކަމަށް ހާއްސަ މަޝްރޫއެއްގެ ދަށުން ކަމަށް އެތަނުން ބުންޏެވެ.
ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މާލެ ތެރޭގައި ހިންގާ ކުށްތައް މަދުކޮށް، އިތުރަށް މޮނީޓާ ކުރުމަށް ފެށި މި މަޝްރޫއުގެ ދަށުން، ކެމެރާ ހަރުކުރާނީ އެކަމަށް ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި ކަމަށެވެ. އެއީ ކުށްކުރުން އެންމެ އާއްމު އަދި އެ ފަދަ ކަމެއް ހިނގާފާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސަރަހައްދުތަކުގައި ކަމަށް ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ މާލޭގައި މިހާރު ހަރުކޮށްފައި ހުރި ކެމެރާތަކުން ވެސް ފުލުހުންގެ ތަހުގީގުތަކަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި ކުށްވެރިން ހޯދައި، އެކަން ކުރި ގޮތް ވެސް ކެމެރާތަކުގެ ޒަރީއާއިން ދެނެގަނެވޭ ކަމަށެވެ. އެހެންވެ، ކުށްކުރާ މީހުން ދެނެގަނެ، އެކަން ހުއްޓުވުމަށް އަލަށް މި ހަރުކުރާ ކެމެރާތަކުގެ ސަބަބުން ވެސް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
"މާލޭގައި އަޅުގަނޑުމެން ތަހުގީގުކުރާ އަދި ޑިޓެކްޓްކުރާ ހުރިހާ މައްސަލަތަކެއްގައި ހެން ވެސް ހެކި ހޯދިފައި ހުންނަނީ ކެމެރާތަކުގެ ޒަރީއާއިން. އެއީ ވަރަށް ޑިޕެންޑެބަލް އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުންނަ ކެމެރާތަކަކީ 24 ގަޑިއިރު މޮނީޓާ ކޮށްފައި ހުންނަ އެއްޗަކަށް ވުމުން، ކުށެއް ހިނގުމުގެ ކުރިން އެކަން ހުއްޓުވުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ.
އާ ކެމެރާތައް ހަރުކުރެވޭނެ އިރެއް އަދި ނޭނގެ އެވެ. ފުލުސް އޮފީހުން ބުނީ ކެމެރާތައް ހޯދައި އެ މަސައްކަތް ކުރާނެ ބަޔަކު ވީހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށެވެ.
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ހިރިލަންދޫ މާރާމާރީއާ ގުޅިގެން އެކަކު ބަންދަށް
ފުލުހުން ހޯދާ މީހާ ފިލައިގެން އުޅޭތާ މަހެއް!
މާރާމާރީ ހިންގައިގެން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 8 މީހަކު ދޫކޮށްލައިފި
ރަށުތެރޭގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރަނީ
ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި