Roadha Mihaaru
ބާސެލޯނާގައި ވޭނަކުން ޖައްސާ 13 މީހުން މަރާލައިފި

ބާސެލޯނާގައި ބައެއްގެ ގައިގައި ވޭނަކުން ޖައްސާ 13 މީހުން މަރާލައިފި

18 އޯގަސްޓް 2017

ބާސެލޯނާ (އޮގަސްޓް 17) - ސްޕޭނުގެ ބާސެލޯނާގައި ޓޫރިސްޓުންގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ލަސް ރަމްބްލާސްގައި ބައެއްގެ ތެރެއަށް ވޭނެއް ވައްދާލުމުން 13 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާސެލޯނާ (އޮގަސްޓް 17) - ސްޕޭނުގެ ބާސެލޯނާގައި ޓޫރިސްޓުންގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ލަސް ރަމްބްލާސްގައި ބައެއްގެ ތެރެއަށް ވޭނެއް ވައްދާލުމުން 13 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީހުން ހިނގަން އޮންނަ ސަރަހައްދަށް ވަދެގެން ބާރު ސްޕީޑުގައި ގޮސް އެތައް ބައެއްގެ ގައިގައި ވޭން ޖެއްސި މި ހާދިސާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ. މަންޒަރު ދުށް މީހުން ބުނެފައި ވަނީ ވޭނުން މީހުން ގައިގައި ޖައްސާފައި ވަނީ ގަސްދުގައި ކަމަށެވެ.

ބާސެލޯނާ އަކީ ޓޫރިސްޓުން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ޔޫރަޕުގެ މަޝްހޫރު ސިޓީއެކެވެ. އެ ސިޓީ އަށް އަހަރަކު 11 މިލިއަން މީހުން ޒިޔާރަތް ކުރެ އެވެ.

ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރާޔޯ ވަނީ މި ވަގުތު އެންމެ އިސްކަން ދެނީ ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާ އިން ވަނީ ސްޕޭނަށް އެހީވުމަށް ހުށަހަޅައިފަ އެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ޔޫރަޕުގެ އެކި ގައުމުތަކުގައި ވަނީ ވެހިކަލުން ޖެއްސުމުގެ ހާދިސާތައް ހިންގައިފަ އެވެ. މި މަހު 9 ވަނަ ދުވަހު ޕެރިހުގައި ވެސް ވަނީ ބީއެމްޑަބްލިއު އަކުން ސިފައިންގެ ގްރޫޕެއްގެ ގައިގައި ޖައްސާ ހަ މީހުން ޒަޚަމްކޮށްފަ އެވެ.