Roadha Mihaaru
ސްޕޭނަށް އިތުރު ހަމަލާ ދޭނެކަމަށް އައިއެސްގެ އިންޒާރެއް

ސްޕޭނުގައި އިތުރު ހަމަލާ ދޭނެ ކަމުގެ އިންޒާރު އައިއެސް އިން ދީފި

24 އޯގަސްޓް 2017

ބާސެލޯނާ (އޮގަސްޓް 24) - ބާސެލޯނާގައި މިދިޔަ ހަފުތާގައި ދިން ޓެރަރިސްޓް ހަމަލާ އަށް ތައުރީފް ކުރުމަށް ފަހު ސްޕޭނުގައި އަދިވެސް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާސެލޯނާ (އޮގަސްޓް 24) - ބާސެލޯނާގައި މިދިޔަ ހަފުތާގައި ދިން ޓެރަރިސްޓް ހަމަލާ އަށް ތައުރީފް ކުރުމަށް ފަހު ސްޕޭނުގައި އަދިވެސް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދީފި އެވެ.

ބާސެލޯނާގައި ޓޫރިސްޓުުން ގިނަ އަދަދަކަށް ގޮސް އުޅޭ ލަސް ރަމްބްލްސްގައި ބުރާސްފަތި ދުވަހުގެ ރޭ ވޭނަކުން ޖައްސާ 13 މީހުން ވަނީ މަރާލައިފަ އެވެ. ސްޕޭން ފުލުހުން މިދިޔަ ހަފުތާފައި ވަނީ ވޭން ޑްރައިވަރު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފިލަން މަސައްކަތް ކުރުމުން ބަޑި ޖަހާ އޭނާ މަރާލައިފަ އެވެ. ސްޕޭނުގައި ވޭނުން ޖެއްސުމުގެ ހާދިސާގެ ޒިންމާ އައިއެސް އިން ވަނީ އުފުލައިފަ އެވެ.

ސްޕޭނުގައި ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ސްޕޭނުގައި ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

އައިއެސް އިން އާއްމުކުރި ވީޑިއޯ މެސެޖެއްގައި އެ ޖަމާއަތުގެ މެންބަރަކު ބުނެފައި ވަނީ ބާސެލޯނާގައި ހަމަލާ ދިނީ އައިއެސްގެ އަޚެއް ކަމަށެވެ. އޭނާ ވަނީ ސްޕޭނުގެ ކްރިސްޓިއަނުންނަށް ބިރު ދައްކާ ސްޕޭނަކީ އިސްލާމީ ޚިލާފަތުގެ ބިމަކަށް އަނެއްކާ ވެސް ހަދާނެ ކަމަށް އިންޒާރު ދީފަ އެވެ.

ސްޕޭނުގައި ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން ކޯޓަށް ހާޒިރު ކުރުމުން އެކަކު ބުނެފައި ވަނީ އެ މީހުން ހަމަލާ ދޭން އުޅުނީ ބާސެލޯނާގައި ހުރި މޮނިއުމެންޓްތަކަށް ކަމަށެވެ. މި ގްރޫޕަށް ނިސްބަތްވާ 12 މީހުންގެ ތެރޭން އަނެއް އަށް މީހުން ވަނީ ސްޕޭން ފުލުހުންގެ ހަމަލާތަކުގައި މަރާލައިފަ އެވެ. ބުރާސްފަތި ދުވަހުގެ ރޭގެ އެކްސިޑެންޓާ ހަމައަށް އެ ގައުމުގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުންދާ ކަމެއް ފުލުހުންނަކަށް ވެސް ނޭނގެ އެވެ. ބާސެލޯނާގެ ހަމަލާ އަށް ފަހު ދެ ވަނަ ހަމަލާއެއް ދޭން އުޅުނު ފަސް މީހަކު ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ މަރާލައިފަ އެވެ.