އަންހެން ކުޅުންތެރިޔަކަށް ބޮސް ދިނުމުން ސަސްޕެންޑްކޮށްފައި ހުރި، ސްޕެއިން އެފްއޭގެ ކުރީގެ ރައީސަށް ބިހުގެ ހަމަލާއެއް ދީފި އެވެ.
16 ނޮވެމްބަރ 2025
އަންހެން ކުޅުންތެރިޔަކަށް ބޮސް ދިނުމުން ސަސްޕެންޑްކޮށްފައި ހުރި، ސްޕެއިން އެފްއޭގެ ކުރީގެ ރައީސަށް ބިހުގެ ހަމަލާއެއް ދީފި އެވެ.
އަންހެނުންގެ ވޯލްޑް ކަޕް 2023، ސްޕެއިން ކާމިޔާބު ކުރުމުން އުފާފާޅުކުރުމުގެ ގޮތުން ރުބިއަލެސް ވަނީ ޓީމުގެ ކުޅުންތެރިޔެއްކަމަށްވާ ޔެނީ ހާމޯސޯގެ ތުންފަތަށް ބޮސް ދީފަ އެވެ.
އެ މައްސަލައިގައި ރުބިއަލެސް ހޫނު ފެނަށް ވެއްޓުނެވެ. ސްޕެއިންގެ އެފްއޭގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް ގޮވާލަމުން ދިޔަޔަސް އިސްތިއުފާ ދޭން އޭނާ ދެކޮޅު ހެދި އެވެ. އެންމެ ފަހުން ސްޕެއިންގެ ކުޅިވަރު ބޯޑުން އޭނާ ސަސްޕެންޑް ކުރަން ނިންމި އެވެ. އަދި ފަހުން ފީފާއިން ވެސް އޭނާ ސަސްޕެންޑް ކުރި އެވެ.
"މެޓާރް ރުބިއަލެސް' [ރުބިއަލެސް މަރާލުން] ގެ ނަމުގައި އޭނާއާ ބެހޭ ފޮތެއް ނެރުމަށް ބުރާސްފަތި ދުވަހުގެ ރޭ މެޑްރިޑްގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަން އޭނާ އިންދައި އޯޑިއަންސްގައި ހުރި މީހަކު ރުބިއަލެސް އަށް އަމާޒުކޮށް ބިސް އުކި އެވެ. އަދި އޭނާ ވަރަށް ރުޅިގަދަ ވެފައި އެ މީހާއާ ދިމާކުރަން އުޅުނެވެ.
?ÚLTIMA HORA?
— Esport3 (@esport3) November 13, 2025
??Ataquen amb ous a Luis Rubiales durant la presentació del seu llibre a Madrid
?https://t.co/GDyFsxx8vF pic.twitter.com/9HvFBSTUQI
މާކާއިން ބުނީ އެ މީހަކީ ރުބިއަލެސްގެ ބައްޕަގެ ކޮއްކޮއެއް ކަމަށެވެ. އަދި އޭނާގެ ނަމަކީ ވެސް ލުއިސް ރުބިއަލެސް ކަމަށް މާކާއިން ރިޕޯޓް ކުރި އެވެ. ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އަށް ދިން އިންޓަވިއުގައި ރުބިއަލެސް ބުނީ އޭނާ އަށް ބިހުގެ ހަމަލާ ދިނީ އޭނާގެ ބައްޕަ ފަރާތު ބޮޑުބޭބެކަމަށެވެ.
"އޭނާއަކީ އަބަދުވަސް ވަރަށް އުނދަގޫ ކުރާ މީހެއް،" ރުބިއަލެސް ބުންޏެވެ.
އޭނާގެ ފަރާތުން ފެނުނު ރުޅިވެރިކަމާ ބެހޭގޮތުން ސުވާލު ކުރުމުން ރުބިއަލެސް ބުނީ ބޮޑުބޭބެގެ އަތުގައި ކޮންމެވެސް އެއްޗެއް ހުރިކަން އޭނާ އަށް ފެނުނު ކަމަށެވެ. ރުޅި އާދެވުނީ ހަތިޔާރެއް އޭނާ ގެންގުޅޭކަމަށް ހީކޮށް ކަމަށެވެ.
"ނަސީބެއް އެހެން މީހުން އަހަރެން ހުއްޓުވިކަން. އެހެން ނޫންނަމަ ނޭނގެ ވާނެ ގޮތެއް ވެސް. އެތާ ތިބި އަހަރެންގެ ރައްޓެއްސެއްގެ މާބަނޑު އަންހެނަކާއި އެ ދެމަފިރިންގެ ދެ ކުދިންވެސް. އެ ދެ ކުދިންގެ ކުރިމަތީގައި އެކަހަލަކަމެއް ނުކުރެވުނުކަމަށްޓަކާވެސް އަހަރެން އުފާކުރަން،" ރުބިއަލެސް ބުންޏެވެ.
ޔޫރޯގެ ނިޔަލަށް ލަފުއެންޓޭ މަގާމުގައި ދެމިހުންނާނެ
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
ކޮރަޕްޝަންގެ ތުހުމަތުގައި ސްޕޭނުގެ އެފްއޭ ރެއިޑްކޮށްފި
ވިނީޝިއުސް މައްސަލަ ހޫނުވެ ވެލެންސިއާ އަށް އަދަބުދީފި
ޒުވާން ޑިފެންޑަރު ކުޅުވަން ފްރާންސާއި ސްޕޭން ވާދަކުރަނީ
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ