Roadha Mihaaru
ޓެކްސްގެ ގޮތުގައި 1.9 މިލިއަން ދައްކަން ހުކުމްކޮށްފި

ޓެކްސްގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ދައްކަން އެކި ފަރާތްތަކުގެ މައްޗަށް ހުކުމްކޮށްފި

20 އޯގަސްޓް 2017

ދައުލަތަށް ދައްކަންޖެހޭ އެކި ބާވަތުގެ ޓެކްސްގެ ގޮތުގައި 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެކި ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް ދައްކަންޖެހޭ އެކި ބާވަތުގެ ޓެކްސްގެ ގޮތުގައި 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެކި ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ހަތަރު ފަރާތެއްގެ މައްޗަށް ހުކުމްކުރީ އެ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ އެކި ބާވަތުގެ ޓެކްސް ނުދެއްކުމުން، އެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ. އެއީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި 1.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ވިިތުހޯލްޑިންގެ ޓެކްސްގެ ގޮތުގައި 116،000ރ. ދެއްކުމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ވެސް ސިވިލް ކޯޓުން ވަނީ ޖީއެސްޓީގެ ގޮތުގައި ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފަ އެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ޓެކްސް ނުދައްކައިގެން 90 ފަރާތެއްގެ މައްޗަށް ހުކުމްކޮށް، 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ޓެކްސް ނުދެއްކުމުގެ އިތުރު ގިނަ މައްސަލަތަކެއް ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.