ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ވ. ފުލިދޫގައި، އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
21 އޯގަސްޓް 2017
ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ވ. ފުލިދޫގައި، އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
އެ ރަށުގެ ކައުންސިލްގެ މެމްބަރު އިމްތިނާން އަބްދުލްގަފޫރު ވިދާޅުވީ ތިމާވެއްޓާ ރަށްޓެހި ރަށަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށެވެ. އަދި އެކަން ކައުންސިލުން ފާސްކޮށް އެގޮތަށް އަމަލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރު ސަތޭކައަށް ވުރެ ގިނަ މީހުން އުޅޭ ފުލިދޫގައި މީގެ ކުރިން ވެސް ސައިކަލާއި ޕިކަޕް ފަދަ އެއްޗެހި ނުދުއްވަ އެވެ. އެރަށުގެ ގިނަ މީހުން ބޭނުންކުރަނީ ބައިސްކަލެވެ.
އެފަދަ އެއްޗެއް ރަށަށް އެތެރެ ކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އިމްތިނާން ވިދާޅުވި އެވެ.
"ރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އިންޖީނުލީ އުޅަނދުތައް ގެންނައިރު ވެސް، އެ އެއްޗެހިތައް ގެނައުމުގެ ކުރިން ކައުންސިލްގެ ހުއްދަ ނަގަންޖެހޭނެ. ހުއްދަ ލިބިގެން އެ އެއްޗެހި ބޭނުން ކުރެވޭނީ އެ މަސައްކަތް ނިމެންދެން. މަސައްކަތް ނިމުމާއެކު ރަށުން ގެންދަން ޖެހޭނެ،" އިމްތިނާން ވިދާޅުވި އެވެ.
އިމްތިނާނު ވިދާޅުވީ އެ ރަށުގެ ހެލްތް ސެންޓަރުގައި ބޭނުންކުރަމުން އަންނަ އެމްބިއުލާންސް. އެ ގަވާއިދުން އިސްތިސްނާވާނެ ކަމަށެވެ.
ފުލިދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވާއިރު މިހާރު ވެސް އެތަނުގައި ނުވަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. މި އަހަރު އިތުރު ގެސްޓް ހައުސް އެއް ހުޅުވާނެ ކަމަށްވެ އެވެ.
\
ފުލިދޫ ގޮނޑުދޮށް ކަޅުތެލުން ތަޣައްޔަރުވެއްޖެ
ރައްޔިތުން އެދޭނަމަ ފުލިދޫގެ ބިން ހިއްކައިދެނީ
ވާވުގެ "ރަންގަނޑު" ފުށުން ޖަހާލައިފި
ހޯމް ސްޓޭއާ އެކު ވާވުގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް
"ވ. އަތޮޅުގެ ރައްޔިތުންނަށް އަންބަރާ ދޫކޮށްލާ"
ފުލިދޫގައި ލޯންޗެއް ގޮވައި، އަނިޔާވި މީހާ މާލެއަށް
ބިން ދޫކުރެވޭނީ ލިޔުމުން އެއްބަސްވުމެއް އޮވެގެން: ކޯޓު
ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން 2028 އަށް ފަސްކޮށްފި
32 އަހަރު ކުރީގެ ގާނޫނަކުން ކުރެވޭނެ ކަމެއް ނެތް!
ތިމާވެއްޓަށް ވުރެ އިންސާނުން މުހިންމު ތަ؟