Roadha Mihaaru
ފުލިދޫގައި ލޯންޗެއް ގޮވައި، އަނިޔާވި މީހާ މާލެއަށް

ފުލިދޫގައި ލޯންޗެއް ގޮވައި، އަނިޔާވި މީހަކު ފަރުވާއަށް މާލެއަށް

18 ޖޫން 2021

ވ. ފުލިދޫގައި ޓޫރިސްޓުން ގޮވައިގެން ދަތުރަކު ދިއުމަށް ތައްޔާރު ވަމުން ދިޔަ ލޯންޗެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވ. ފުލިދޫގައި ޓޫރިސްޓުން ގޮވައިގެން ދަތުރަކު ދިއުމަށް ތައްޔާރު ވަމުން ދިޔަ ލޯންޗެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ހެނދުނު 8:40 ހާއިރު ލޯންޗު ގޮވާފައި ވަނީ ޕެޓްރޯލް ލީކްވެގެންނެވެ.

ފުލިދޫ ގެސްޓް ހައުސްއަކުން ބޭނުންކުރަމުން އައި އެ ލޯންޗު ގޮވިއިރު އޭގައި ތިބީ ފަޅުވެރިޔާއާއެކު ފަސް ޓޫރިސްޓެކެވެ. އެ ހާދިސާގައި އެ މީހުންނަށް އަނިޔާ ނުވި ނަމަވެސް ފަޅުވެރިޔާއަށް އަނިޔާވެ، އިތުރު ފަރުވާއަށް މާލެއަށް ގެނައުމަށް މެންދުރު 12 ޖަހާއިރު ފުރުވާލާފައިވާ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލިދޫ ހެލްތު ސެންޓަރުން ޓެސްޓްތައް ނުހެދޭތީ އެމީހާ މާލެއަށް ގެންނައިރު ލިބުނު އަނިޔާ ސާފު ނުވާ ކަމަށެވެ. ޓޫރިސްޓުން ހެލްތު ސެންޓަރަށް ގެންދިޔަ ނަމަވެސް އެ މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހާދިސާ ހިނގާދިޔަތާ މާގިނަ އިރެއް ނުވެ ލޯންޗު ވަނީ ފުލިދޫ ފަޅު ތެރެއަށް އަޑިއަށް ގޮސްފަ އެވެ.