28 ޖޫން 2016
ޓުލޫސް، ފްރާންސް (ޖޫން 28) - ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް މިހާރު ހުރި ފޯމަށް ބަލާއިރު އޭނާ ހިފެހެއްޓުމަކީ ފަސޭހަކަމަށް ނުވާނެ ކަމަށް ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ބުނެފި އެވެ.
ޓުލޫސް، ފްރާންސް (ޖޫން 28) - ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް މިހާރު ހުރި ފޯމަށް ބަލާއިރު އޭނާ ހިފެހެއްޓުމަކީ ފަސޭހަކަމަށް ނުވާނެ ކަމަށް ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ބުނެފި އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ހަންގޭރީ އަތުން 4-0 އިން ބެލްޖިއަމް މޮޅުވިއިރު އެ މެޗުގައި ހަޒާޑް ވަނީ ލަނޑެއް ޖެހުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކޯލްމަން ބުނީ ކުއާޓާ ފައިނަލުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭއިރު ހަޒާޑާ މެދު ސަމާލުވާނެ ކަމަށެވެ.
"ހަޒާޑް ހުއްޓުވަން ހާއްސަ ޕްލޭނެއް ނުގެންގުޅޭނަން. އެކަމަކު ހަޒާޑާ މެދު ސަމާލުވާން ޖެހޭނެ. ހަޒާޑަކީ އެންމެ މިނިޓެއް ތެރޭގައި ވެސް މެޗެއް ބަދަލުކޮށްލެވޭ ފަދަ ހުނަރުވެރި ކުޅުންތެރިއެއް،" ކޯލްމަން ބުންޏެވެ.
އޭނާ ބުނީ ވޭލްސް ޓީމުގައި ހަޒާޑާ ދެކޮޅަށް ކުޅެފައި ތިބި ކުޅުންތެރިން އެބަތިބި ކަމަށާއި އެހެން ވުމުން މެޗަށް ނުކުންނާނީ ހުރިހާ ކަމަކަށް ވެސް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ.
"ހަޒާޑާ އެއް ލީގެއްގައި ކުޅޭ ގިނަ ކުޅުންތެރިން ވޭލްސްގައި ތިބީ. ހަޒާޑްގެ ކުޅުން ގިނަ ކުޅުންތެރިންނަށް އެނގޭ. މިއީ ކޮންމެސް ވަރެއްގެ ހިތްހަމަޖެހުމެއް،" ކުރިން ފުލަމް އަށް ކޯޗުކޮށްދިން ކޯލްމަން ބުންޏެވެ.
ބެލްޖިއަމްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވޭލްސް ބައްޔެއް ނުވެ އެވެ. އެންމެ ފަހުން ކުޅުނު މެޗުން ވޭލްސް ވަނީ 1-0 އިން ބެލްޖިއަމް ބަލިކޮށްފަ އެވެ. ވޭލްސް އާއި ބެލްޖިއަމް ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.
އާ ޖީލަށް ފުރުސަތު ދޭން ހަޒާޑް ގައުމީ ޓީމާ ދުރަށް
ހަޒާޑަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް
ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ފައިނަލް ބުރަށް
ސަޕޯޓަރުން ކުރިމަތީގައި އިނގިރޭސީން ލަދުގަންނަވާލައިފި
ހަޒާޑްގެ އަނިޔާގެ މައްސަލަތައް ދިރާސާކުރަންޖެހޭ
ހަޒާޑްގެ މޮޅުކުޅުމާ އެކު ބެލްޖިއަމުން މިސްރު ބަލިކޮށްފި
ޕްރިމިއާ ލީގުގައި އެންމެ މޮޅީ ޑިބްރޭނާ: ހަޒާޑް
ހަޒާޑަށް އަނިޔާވެ ބެލްޖިއަމަށް މައްސަލަތަކެއް
ސެމީން ޖާގަ ހޯދައި ވޭލްސް ހައިރާންކަން ގެނުވައިފި!
ބެލްޖިއަމް ފަސް ބެލުމެއް ނެތި ކުރިއަށް