27 ޖޫން 2016
ޓުލޫސް، ފްރާންސް (ޖޫން 26) - ކެޕްޓަން އެޑިން ހަޒާޑުގެ މޮޅު ކުޅުމާ އެކު ހަންގޭރީ 4-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވޭލްސްއާ ވާދަކުރުމުގެ ފުރުސަތު ބެލްޖިއަމް މިރޭ ހޯދައިފި އެވެ.
ޓުލޫސް، ފްރާންސް (ޖޫން 26) - ކެޕްޓަން އެޑިން ހަޒާޑުގެ މޮޅު ކުޅުމާ އެކު ހަންގޭރީ 4-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވޭލްސްއާ ވާދަކުރުމުގެ ފުރުސަތު ބެލްޖިއަމް މިރޭ ހޯދައިފި އެވެ.
ފުރަތަމަ މެޗުން އިޓަލީ އަތުން ބަލިވެ ފާޑުކިޔުން އަމާޒުވި ބެލްޖިއަމް އޭގެ ފަހުން ފަސް އެނބުރި ބަލާފައެއް ނުވެ އެވެ. ގްރޫޕް ސްޓޭޖުގެ ކުޅުނު ފަހު ދެ މެޗުން އަދި މިރޭ ހަންގޭރީ އަތުން މޮޅުވީ ވެސް މޮޅު ކުޅުމަކާ އެކު އެވެ. ޔޫރަޕުގެ މަޝްހޫރު ތަރިން ގިނަ އަދަދަކަށް ހިމެނޭ ބެލްޖިއަމުން ވަނީ އެ ޓީމަކީ އަދިވެސް މުބާރާތުގެ ފޭވަރިޓެއްކަން މިރޭ ސާބިތުކޮށްދީފަ އެވެ.
ބޮޑު މުބާރާތެއްގައި ނޮކްއައުޓް ބުރެއްގައި 30 އަހަރަށް ފަހު ވާދަކުރި ހަންގޭރީގެ މައްޗަށް ބެލްޖިއަމުން މިރޭގެ މެޗުގެ ހަ ވަނަ މިނެޓުގައި ލީޑު ނެގި އެވެ. ކެވިން ޑި ބްރޭނާ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ، ފަސޭހަކަމާ އެކު ބޮލުން ޖަހައި ގޯލަށް ވައްދާލީ ޓޮބީ އަލްޑާވެއިލްޑެވެ.
އޭގެ ހަތް މިނެޓު ފަހުން ޑި ބްރޭނާ ލީޑު ފުޅާކުރުމާ ގާތަށް ދިޔަ އެވެ. ފޯވާޑް ރޮމެއުލް ލުކާކޫ ޖައްސާލި ބޯޅަ ހޯދައި ޑި ބްރޭނާ ގޯލަށް ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ހަންގޭރީގެ ތަޖުރިބާކާރު ގޯލްކީޕަރު ގަބޯ ކިރާލީ އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ހަންގޭރީން ކޮންމެވެސް ވަރަކަށް ބެލްޖިއަމަށް ޕްރެޝަރު ކުރިމަތިކުރި އެވެ. އެގޮތުން ހަންގޭރީގެ ކެޕްޓަން ބަލަސް ޖުޖާކް ބެލްޖިއަމްގެ ގޯލަށް ދެ ހަމަލައެއް ފޮނުވާލި އެވެ.
ބެލްޖިއަމުން ތަފާތު ބޮޑުކޮށްލީ ފަހު 12 މިނެޓުގެ ތެރޭގަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 78 ވަނަ މިނެޓުގައި މިޝީ ބަޓްޝުއާއީ ޖެހި ނަމަވެސް އެ ގޯލުގެ ހުރިހާ ކްރެޑިޓެއް ދޭން ޖެހެނީ ޗެލްސީގެ ހަޒާޑަށެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ޑި ބްރޭނާ ހުރަސްކުރި ބޯޅައަކުން ތަނަވަސްކުރި ފުރުސަތެއްގައި ހަޒާޑް ވަނީ ހަންގޭރީގެ ތިން ކުޅުންތެރިން ކައިރިން ދެމި ގަނެ އޭރިއާ ތެރެއަށް ވަދެ، ގޯލް ކުރި މައްޗަށް ބޯޅަ ހުރަސްކޮށްލައިފަ އެވެ. ބަޓްޝުއާއީ އަށް ޖެހުނީ އެ ބޯޅަ މަޑުމަޑުން ގޯލް ތެރެއަށް ވައްދާލާށެވެ.
ހަޒާޑް ވަނީ އޭގެ މިނެޓެއް ފަހުން ގޯލް ޖަހައިފަ އެވެ. ހަންގޭރީގެ ތިން ކުޅުންތެރިން ކައިރިން ދެމި ގަނެ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.
ބެލްޖިއަމުގެ ހަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހީ އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް ޔަނިޗް ކަރަސްކޯ އެވެ. ހަންގޭރީގެ ދެ ޑިފެންޑަރުންގެ ދެމެދުން، ރަޖާ ނައިންގޫލާން ޖައްސާލި ބޯޅަ އަށް އަރައި ކަރަސްކޯ ވަނީ އެ ބޯޅަ ކީޕަރުގެ އަތް ކައިރިން ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.
އާ ޖީލަށް ފުރުސަތު ދޭން ހަޒާޑް ގައުމީ ޓީމާ ދުރަށް
ހަޒާޑަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެއް
ހަޒާޑްގެ އަނިޔާގެ މައްސަލަތައް ދިރާސާކުރަންޖެހޭ
ހަޒާޑްގެ މޮޅުކުޅުމާ އެކު ބެލްޖިއަމުން މިސްރު ބަލިކޮށްފި
ޕްރިމިއާ ލީގުގައި އެންމެ މޮޅީ ޑިބްރޭނާ: ހަޒާޑް
ހަޒާޑަށް އަނިޔާވެ ބެލްޖިއަމަށް މައްސަލަތަކެއް
ހަޒާޑް ހިފަހައްޓަން ފަސޭހައެއް ނުވާނެ: ވޭލްސް ކޯޗު
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ