Roadha Mihaaru
ސެމްސަންގް އިންޓަނެޓް ބްރައުޒާ ބާރުގަދަކުރަނީ

ސެމްސަންގް އިންޓަނެޓް ބްރައުޒާ، ގޫގުލް ކްރޯމަށް ބާރުބޮޑުކުރަނީ

28 އޯގަސްޓް 2017

ގެލަކްސީ ސްމާޓްފޯނެއް ގެންގުޅޭ ނަމަ، ސެމްސަންގް އިންޓަނެޓް ބްރައުޒާ އަށް ކަޅިއަޅައިނުލައި ފަރަކުނުޖެހޭނެ އެވެ. ޒަމާން ފެށުނީއްސުރެ، ގެލަކްސީ ފޯނުތަކުގައި ސެމްސަންގް އިންޓަނެޓް ބްރައުޒާ އިނދެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގެލަކްސީ ސްމާޓްފޯނެއް ގެންގުޅޭ ނަމަ، ސެމްސަންގް އިންޓަނެޓް ބްރައުޒާ އަށް ކަޅިއަޅައިނުލައި ފަރަކުނުޖެހޭނެ އެވެ. ޒަމާން ފެށުނީއްސުރެ، ގެލަކްސީ ފޯނުތަކުގައި ސެމްސަންގް އިންޓަނެޓް ބްރައުޒާ އިނދެ އެވެ.

ސެމްސަންގް އިންޓަނެޓް ބްރައުޒާ އަށް ގިނަ ބަޔަކު ސަމާލުކަމެއް ނުދެވެ އެވެ. އެއީ ހަމަ ފޯނުގައި އިންނަ އެޕްލިކޭޝަނެކެވެ. އެހެން ނަމަވެސް އެ ބްރައުޒާގައި މިހާރު ހުރި ފީޗާތައް ބޭނުންކޮށްފި ނަމަ ރެކެން އުނދަގޫ އެޕްލިކޭޝަނަކަށް ސެމްސަންގް އިންޓަނެޓް ބްރައުޒާ ވުން ގާތެވެ. ސެމްސަންގް އިންޓަނެޓް ބްރައުޒާއާ ބެހޭ ގޮތުން މި އޮތީ ގިނަގިނައިން ވާހަކަދައްކަން ޖެހިފަ އެވެ.

މާކެޓްގައި ހުރި ހުރިހާ ބްރައުޒާތަކެއްގެ މައްޗަށް ގޫގުލް ކްރޯމް ބްރައުޒާ ވަނީ ބާރުގަދަކޮށްފަ އެވެ. ކްރޯމް ބްރައުޒާގެ ނުފޫޒުގަދަކަން ދެކެބަލާށެވެ. އެ އެޕްލިކޭޝަން ނެތް ސްމާޓްފޯނެއް ފަހުގެ ތާރީޚެއްގައި މާކެޓަކަށް ނުނެރެ އެވެ.

އެންޑްރޮއިޑް ފޯނުތަކުގައި، ކްރޯމް ބްރައުޒާ ބޭނުންކުރަން ވަރަށް ފަސޭހަ އެވެ. ކްރޯމްގައި ހުރި އެންމެ ހިތްގައިމު ފީޗާތަކުގެ ތެރޭގައި، ޑެސްކްޓޮޕް ވާޝަން އާއި މޮބައި ވާޝަން ސިންކްރޮނައިޒްކުރެވުން ހިމެނެ އެވެ.

ގޫގުލް ކްރޯމްއާ އެންމެ ގާތުން އަޅާ ކިޔޭ ބްރައުޒާއަކަށް، ސެމްސަންގް އިންޓަނެޓް ބްރައުޒާ މިހާރު ވެއްޖެ އެވެ. ކްރޯމް އަށް ވުރެ ވެސް ސްޕީޑް ބާރު ކަމަށް ބައެއް ފަހަރު ހީވެ އެވެ. އިނގިލިކުރި އަށް ލުއިވެފައި، ކްރޯމް މަތިން ދާދި ފަސޭކަމާ އެކު ހަނދާން ނައްތާލެވިދާނެ ބްރައުޒާއަށް ވަނީ އެވެ.

ސެމްސަންގް އިން ދާދި ފަހު ހެޔޮ ބަދަލުތަކެއް ވެސް ވަނީ ސެމްސަންގް އިންޓަނެޓް ބްރައުޒާ އަށް ގެނެސްފަ އެވެ. އަޖުމަބަލާލަން ރަނގަޅު ފީޗާތަކުގެ ތެރޭގައި "ނައިޓް މޯޑް"، "ހައި ކޮންޓްރާސްޓް އޮޕްޝަން" އަދި "ސިންކް ވިތު ސެމްސަންގް ކްލައުޑް" ހިމެނެ އެވެ. މި ނޫނަސް އަދި ގޫގުލް ކްރޯމްގައި ނެތް ފީޗާތަކެއް، ސެމްސަންގް އިންޓަނެޓް ބްރައުޒާ ގައި އެބަ ހުއްޓެވެ.