Roadha Mihaaru
ގޫގުލް އެސިސްޓެންޓް، އެންޑްރޮއިޑް ކްރޯމް އަށް

ގޫގުލް އެސިސްޓެންޓް، އެންޑްރޮއިޑް ކްރޯމް އަށް

03 އެޕްރީލް 2019

ކްރޯމް އިންޓަނެޓް ބްރައުޒާ ނެތް އެންޑްރޮއިޑް ފޯނެއް ނެތެވެ. އެންޑްރޮއިޑް ފޯނުތައް ފެކްޓަރީން ނެރޭއިރު، ކްރޯމް ބްރައުޒާ އިންސްޓޯލްކޮށްފައި އިންނަން ޖެހެ އެވެ. އެންޑްރޮއިޑް މޮބައިލް އޮަޕަރޭޓިން ސިސްޓަމް އަމިއްލަކުރުމަށް މި އަށް ވުރެ ވަކި ފަސޭހަ ގޮތެއް ގޫގުލް އަށް ކޮބައި ހެއްޔެވެ؟

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ކްރޯމް އިންޓަނެޓް ބްރައުޒާ ނެތް އެންޑްރޮއިޑް ފޯނެއް ނެތެވެ. އެންޑްރޮއިޑް ފޯނުތައް ފެކްޓަރީން ނެރޭއިރު، ކްރޯމް ބްރައުޒާ އިންސްޓޯލްކޮށްފައި އިންނަން ޖެހެ އެވެ. އެންޑްރޮއިޑް މޮބައިލް އޮަޕަރޭޓިން ސިސްޓަމް އަމިއްލަކުރުމަށް މި އަށް ވުރެ ވަކި ފަސޭހަ ގޮތެއް ގޫގުލް އަށް ކޮބައި ހެއްޔެވެ؟

އެންޑްރޮއިޑް ކްރޯމް ބާރުވެރިކުރުވުމުގެ ގޮތުން "ގޫގުލް ވާޗުއަލް އެސިސްޓެންޓް" ސަޕޯޓްކުރުވަން ވިސްނާ ކަމަށް ބުނެވެ އެވެ. "ގޫގުލް އެސިސްޓޭންޓް" ބާރުވެރިކުރުވާފައި ވަނީ، ސްމާޓް ސްޕީކަރު، ސްމާޓް އަވަން އަދި ސްމާޓް އައިސްއަލަމާރި ފަދަ އާލާތްތަކާ އެކުލަވައި، ހިމަނައިގެންނެވެ.

އެންޑްރޮއިޑް ކްރޯމްގައި ވާޗުއަލް އެސިސްޓޭންޓް ހިމެނުމުން ވާނެ ފަސޭހަ އަކީ، އޮޅުންފިލުވަން އެދޭ ކަމެއް، ޓައިޕްނުކޮށް ފަރުޖެހުމެވެ. އާދައި ހާލަތުގައި ދައްކާ ވާހަކަތައް ދެނެގަނެ، ޖަވާބުދާރީވާން ގޫގުލް އެސިސްޓޭންޓް އަށް އެނގެ އެވެ.

ގޫގުލް އެސިސްޓޭންޓް އެންމެ ބޮޑަށް ބޭނުންހިފޭނެ މީހުންގެ ތެރޭގައި ދަތުރުވެރިން އަދި ވިޔފާރިވެން ހިމެނެ އެވެ. ދުވަހު ހަރަކާތްތައް ތާވަލުކޮށް، މީޓިންތައް، މުނިފޫހިފިލުވުން އަދި ކެއިންބުއިން ފަދަ އަމަލީ ގޮތުން ހަރަކާތްތެރިވާން ޖެހޭ ކަންތައްތައް ލުއިފަސޭހަކޮށްދިނުމުގައި، ގޫގުލް އެސިސްޓޭންޓް ވަރަށް ބޭނުންތެރި އެވެ.

ކްރޯމް ބްރައުޒާގައި ގޫގުލް އެސިސްޓޭންޓް ހިމެނުމާ ބެހޭ ގޮތުން ރަސްމީ ސިފައެއްގައި ގޫގުލުން އަދި ވާހަކައެއް ނުދައްކަ އެވެ. މި އަހަރު އޮންނަ ގޫގުލް "އައިއޯ ސަމިޓް"ގައި މި ކަމާ ގުޅޭ ވާހަކަތައް ދައްކާނެ ކަމަށް ބެލެވެ އެވެ. މި ވާހަކަތައް މިހާރު ފާޅުވެފައި ވަނީ އެ ސަމިޓަށް ސުވާލު އުފެއްދުމަށް ކަމަށް ބެލެވެ އެވެ.