Roadha Mihaaru
މާލެ އިން ކުއްޖަކު ގެއްލިގެން ހޯދަނީ

މާލެ އިން ކުއްޖަކު ގެއްލިގެން ހޯދަނީ

28 އޯގަސްޓް 2017

މާލެ އިން އުމުރުން 17 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެ އިން އުމުރުން 17 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އދ. ހަންޏާމީދޫ، ބްލޫހެވަން އައިޝަތު ޝިމްރީން އިމާދު ގެއްލިގެން ހޯދަން ފަށާފައި ވަނީ އިއްޔެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޝިމްރީން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެގެ މެންދުރު އެވެ. އެކަމަކު މިހާތަނަށް ވެސް އެކުއްޖާގެ ޚަބަރެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން އެދެ އެވެ.