އެކުވެރިކަމުގެ ދަތުރެއްގައި އިންޑިއާގެ ކޯސްޓް ގާޑުގެ ވަފުދެއް ވެސް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
28 އޯގަސްޓް 2017
އެކުވެރިކަމުގެ ދަތުރެއްގައި އިންޑިއާގެ ކޯސްޓް ގާޑުގެ ވަފުދެއް ވެސް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
އަވައްޓެރި އިންޑިއާގެ އަސްކަރިއްޔާގެ ވަފުދެއް ރާއްޖެ ހަރަކާތްތެރިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާ ގާތްގުޅުމެއް ބަދަހިކުރަމުން އަންނަ ޗައިނާގެ ތިން މަނަވަރެއް ވެސް އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.
ރާއްޖެ އައީ އިންޑިއާގެ ކޯސްޓްގާޑު އެއާ ކްރާފްޓްގެ ހަ މީހުންގެ ވަފުދެކެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާއާ ވެސް އެ ވަފުދުން އިއްޔެ ވަނީ ބައްދަލުކޮށްފަ އެވެ.
ރާއްޖެ އަށް އިއްޔެ އައި ޗައިނާގެ ނޭވީ މަނަވަރުގެ ތެރެއިން އެއް މަނަވަރު.--ފޮޓޯ: ހުސެން ވަހީދު /މިހާރު
އެމްއެންޑީއެފްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެފަދަ ވަފުދުތައް ދޭތެރެ ދޭތެރެއިން ރާއްޖެ އައިސް އަސްކަރީ އެކިއެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ބާއްވާ އެވެ. މި ފަހަރު ވެސް އައީ އެފަދަ ވަފުދެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޗައިނާގެ ތިން މަނަވަރު ފުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ޗައިނާ އިން އިންޑިއާ ކަނޑުގައި ބާރުގަދަ ކުރަން އުޅޭ ކަމަށް ބުނެ ދެ ގައުމުގެ މެދުގައި ސިޔާސީ ގޮތުން ނުތަނަސްކަން އުފެދިފައިވާތާ ވެސް ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި ދެ ގައުމު ގުޅުނު ބޯޑަރު ސަރަހައްދަށް އިންޑިއާގެ 300 ސިފައިން ޖަމާކުރި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނުވެފައިވެ އެވެ. އިންޑިއާގެ ސިފައިން އެ ބޯޑަރަށް ޖަމާކުރީ، ޗައިނާ އިން އިންޑިއާގެ ބޯޑަރާ ދިމާލަށް މަގެއް ހަދަން ފެށުމުންނެވެ.
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
އިންޑިއާގެ އެހީގައި ކޯސްޓްގާޑަށް ޚާއްސަ ބަނދަރެއް
ހެލިކޮޕްޓަރުގައި މިހާތަނަށް 36 އޮޕަރޭޝަނެއް ހިންގައިފި
ބޭރުގެ އަސްކަރީ ބަނދަރަކަށް ޖާގައެއް ނުދޭނަން: ޝާހިދު
އިންޑިއާ މަސްވެރިންގެ ސަބަބުން ނުރައްކަލެއް ނެތް
އިންޑިއާގެ މަސްބޯޓުތައް ހޯދުމުގައި ރާއްޖެއިން އެހީވަނީ
ސިފައިންނަށް ބޭނުންވާ ތަކެތި އިންޑިއާ އިން ހަދިޔާކޮށްފި
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި