ބޮޑު އީދު ފާހަގަކުރުމަށް ހުޅުމާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލްހިޖުރަ ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ.
30 އޯގަސްޓް 2017
ބޮޑު އީދު ފާހަގަކުރުމަށް ހުޅުމާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލްހިޖުރަ ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ހައްޖު ދުވަހުގެ ރޯދަ ވީއްލުމާ ހިސާބުން ފެށިގެން ހުޅުމާލޭގައި އީދުގެ ހަރަކާތްތައް ފެށިގެންދާނެ އެވެ. ހައްޖު ދުވަހުގެ ރޯދަ ވީއްލުން ހުޅުމާލޭ ބޮޑު މިސްކިތުގައި ބޭއްވުމަށް ނިންމާފައި ވާއިރު އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާނީ ސެންޓްރަލް ޕާކުގަ އެވެ.
"ނަމާދަށް ފަހު 9 ޖަހާއިރު ދިވެހިވަންތަ ހެނދުނުގެ ސައެއް ހުރިހާ ފަރާތްތަކަށް އޮންނާނެ. ހަމަ އެ ވަގުތު އުލްހިޔާ ކަތިލުން ކުރިއަށްދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އުލްހިޔާގެ ގޮތުގައި 20 ބަކަރި އާއި އެއް ގެރި ކަތިލުމަށް ނިންމާފައިވާއިރު އޭގެ މަސް ބެހުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެއަށްފަހު އީދު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު، ހުޅުމާލޭ ސެންޓްރަލް ޕާކުން ވަނީ ސަގާފީ ޕެރޭޑެއް ފެށުމަށް ނިންމައިފަ އެވެ. އެ ޕެރޭޑްގައި ކޯޑި ނެގުމާއި ބޮޑުމަސް ބޭނުން ފަދަ ދިވެހި ސަގާފީ ކުޅިވަރުތައް ހިމެނޭނެ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އީދު ދުވަހުގެ ރޭ ސެންޓްރަލް ޕާކްގައި މިއުޒިކް ޝޯއެއް ބޭއްވުމަށް ނިންމާފައިވާއިރު ވަޅު އީދު ދުވަހު ހަވީރު އެ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އެޗްޑީސީން ބުނީ މިހާ ބޮޑުކޮށް ހުޅުމާލޭގައި އީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރު ކަމަށާއި މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ.
އީދުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އަވަށަކީ ހުޅުމާލެ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
ކޮވިޑާހެދި ހުޅުމާލޭގައި އީދު ޝޯއާއި ހަވާއެރުވުމެއް ނެތް
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
އެޗްޑީސީގެ ހަތަރު މުވައްޒަފަކު އަދިވެސް ސަސްޕެންޝަންގައި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި
ފާޑުކިޔުންތަކާ އެކު، ނިންމުން ބަދަލުކޮށް ގަސް އިންދަނީ
ކޮންޓްރެކްޓް އާނުކުރުމުން ޔާމީން ޓްރައިބިއުނަލަށް
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި