މި އަޟްހާ އީދުގެ ބަންދުގައި ހުޅުމާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ. ހަރަކާތްތައް ރާވާފައިވާ ގޮތަށް ބަލާއިރު، މިއީ މިއަދު ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އެއް އަވަށެވެ.
21 އޯގަސްޓް 2018
މި އަޟްހާ އީދުގެ ބަންދުގައި ހުޅުމާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ. ހަރަކާތްތައް ރާވާފައިވާ ގޮތަށް ބަލާއިރު، މިއީ މިއަދު ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އެއް އަވަށެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ކުލަ ގަދަކޮށް އީދު ފާހަގަ ކުރަނީ ދިވެހިންގެ ތެރޭގައި އޮންނަ އިޖުތިމާއީ އެއްބައިވަންތަކަމާއި އަހުވަންތަކަން އާލާކޮށް، ގުޅުން ވަރުގަދަކޮށް، އީދުގެ ސަގާފަތާއި ކުޅިވަރުތައް ދިރުވައި އާއިލާ އާއި ރަހްމަތްތެރިންނާއެކުގައި އުފާވެރި މާހައުލެއް ހޯދައިނުމަށް ކަމަށެވެ. އީދުގެ ހަރަކާތްތަކުގައި އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރުގެ ކުންފުނިތަކުން ބައިވެރިވެ އެވެ.
އީދުގެ ހަރަކާތްތައް ހުޅުމާލޭގައި ރޭ ފެށީ އީދު ޕެރޭޑުންނެވެ. އެގޮތުން ޕެރޭޑްގެ ބައިވެރިން އެޗްޑީސީގެ ސީއޯއޯ އަހުމަދު ބުންޔާމީންގެ އަރިހަށް ގޮސް، ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދައަކަށް އެދުމުން، އެ ހުއްދަ ވަނީ ދީފަ އެވެ. އީދު ޕެރޭޑްގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ.
- ސެންޓްރަލް ޕާކް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން.
- އަލަށް ހުޅުވި މިސްކިތުގައި އިސްވެ ނަމާދު ކުރައްވާނީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.
- އީދު ނަމާދަށް ފަހު، ސެންޓްރަލް ޕާކްގައި އީދު ސައި އޮންނާނެ.
- އުލްހިޔާ ކަތިލުން، އޯޓިޒަމް ސެންޓަރު ކައިރީގައި އޮންނަ ހުސް ބިމުގައި.
- ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގްރެފިޓީ ކުރެހުމުގެ މުބާރާތެއް ބާއްވާނެ.
- އީދު ނަމާދަށް ފަހު ކަދުރު ބެހުން ކުރިއަށް ގެންދާނެ.
އީދާ ގުޅިގެން މިއަދު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ކުޑަ ކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ސެންޓްރަލް ޕާކްގައި އެޗްޑީސީން އިންތިޒާމު ކުރާ ހަވީރުގައި ވޯޓާ ސްލައިޑް ކުރުމާއި އީދު ޕެރޭޑާއި ގިނަ ހަދިޔާތައް ލިބޭ ކުޅިވަރުތައް ކުޅެވެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަންނަ ބުރާސްފަތި ދުވަހު، "އީދު ސްމައިލްސް" ނަމުގައި ސެންޓްރަލް ޕާކްގައި ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އީދު ފާހަގަ ކުރުމުގެ ގޮތުން ފެންކުޅީގެ ހަރަކާތްތަކެއް ރުއްގަނޑު ސަރަހައްދު ދޭއްގައި ކުރިއަށް ގެންދާނެ އެވެ. ފެން ކުޅި މުބާރާތާއެކު، އިތުރު ހަރަކާތްތަކެއް ވެސް ބޭއްވުމަށް އެމްއޭސީއެލުން ވަނީ ނިންމައިފަ އެވެ.
ބޮޑު ބެރާއި މިއުޒިކާއި ސަގާފީ ހަރަކާތްތަކުގެ އިތުރުން، ހަވާ އެރުވުން މިރޭ ސެންޓްރަލް ޕާކްގައި އޮންނާނެ އެވެ. މިއީ އަމިއްލަ ފަރާތަކުން އިސް ނަގައިގެން ހިންގާ ޝޯ އެކެވެ.
އެޗްޑީސީން ވަނީ މި ހުރިހާ ހަރަކާތެއްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފަ އެވެ.
ކޮވިޑާހެދި ހުޅުމާލޭގައި އީދު ޝޯއާއި ހަވާއެރުވުމެއް ނެތް
އީދު ބަންދާއެކު، މޯލްޑިވިއަން އަށް ބާރު ބޮޑުވެއްޖެ!
ކިނބިދޫ މޮނިޓަރިންގައި، އީދު ކުޅިވަރުތައް ކުރިއަށް
މި ރަށްރަށުގައި ކުޑަ ބަޖެޓަކުން އީދު ޗުއްޓީ ހެދިދާނެ
ދިގު ޗުއްޓީ އަކަށް އުފަލުން ރަށްރަށަށް!
ހުޅުމާލެއަށް މިފަހަރު ފޯރިގަދަ، ސަގާފީ އީދެއް
ފެންކުޅީގައި ދެ މީހެއްގެ ކަންފަތު ތޫރި ފެޅުނު
"މާލި ޕެރޭޑުން ފެނުނީ ބިނާކުރުވަނިވި ފާޑުކިޔުން"
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ރައީސް އެދިވަޑައިގަތީ ﷲގެ ނިިއުމަތްތައް ހަނދާންކުރަން