Roadha Mihaaru
ދަރިން ލިބުނު ފަހުން ޒިންމާދާރު މީހަކަށް ވެވިއްޖެ: ކްލޫނީ

ދަރިން ލިބުނު ފަހުން ވަރަށް ޒިންމާދާރު މީހަކަށް ވެވިއްޖެ: ކްލޫނީ

31 އޯގަސްޓް 2017

ދަރިން ލިބުނު ފަހުން ކުރިއަށް ވުރެ މާ ޒިންމާދާރު މީހަކަށް މިހާރު ވެވިއްޖެ ކަމަށާއި ދަރިންގެ ކަންކަމުގައި މަސްއޫލުވެގެން އުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިން ލިބުނު ފަހުން ކުރިއަށް ވުރެ މާ ޒިންމާދާރު މީހަކަށް މިހާރު ވެވިއްޖެ ކަމަށާއި ދަރިންގެ ކަންކަމުގައި މަސްއޫލުވެގެން އުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ބުނެފި އެވެ.

ކްލޫނީ އާއި އިންސާނިއްޔަތަށް މަސައްކަތްކުރާ ވަކީލާ އަމާލް ކްލޫނީ އަށް އެއްމާބަނޑު ދެ ކުދިން ލިބުނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ އެލާ އާއި އެލެގްޒެންޑާ އެވެ.

ކްލޫނީ ބުނީ އުމުރުން 56 އަހަރުގައި ދެ ދަރިންގެ ބައްޕައަކަށް ވާނެ ކަމަށް ކުރިން އެއްގޮތަކަށް ވެސް އުންމީދު ނުކުރާ ކަމަށެވެ. އެކަމަކު ހަޔާތުގެ މި ތަޖުރިބާ މާ ބޮޑަށް ވެސް އުފާވެރި ކަމަށް ބުންޏެވެ.

"އަހަރެން މިހާރު އުޅެނީ ދަރިން ޕުއްޕުލީމަ ނެޕީ ބަދަލު ކުރުމާއި ހޮނޑުލީމަ ހޮޑު ސާފު ކުރުން ކަހަލަ ކަންކަމުގައި ވަރަށް ބިޒީކޮށް. މިއީ ހަމަ ހަގީގަތުގައި ވެސް ވަރަށް މަޖާ ކަމެއް. އަދި ހަމަ އެހާމެ ހިތްހަމަޖެހޭ ކަހަލަ ކަމެއް،" ޖޯހް ބުންޏެވެ. "ދަރިންނާ އެކު ވަގުތު ހޭދަ ކުރުމަކީ މިހާރު އަހަރެން ވަރަށް ލޯބި ކުރާ ކަމެއް."

އޭނާ ބުނީ އަމާލްއަކީ ވެސް ވަރަށް ފައްކާ މަންމައެއް ކަމަށާއި ދަރިންގެ ކަންކަމުގައި އޭނާ ވެސް ވަކި ދުލެއް ނުކުރާ ކަމަށެވެ.

"އަމާލް ކުދިންގެ ކަންކަން ބަލައްޓާލެއް ވަރަށް ފުރިހަމަ. އޭނަ އެހާމެ ހަރަކާތްތެރި. އޮލިމްޕިކް އެތުލީޓެކޭ އޭނައެކޭ ތަފާތެއް ނެތް،" އަމާލް އަށް ތައުރީފު ކުރަމުން ޖޯޖް ބުންޏެވެ.

އޭނާގެ ފިލްމީ މަސައްކަތްތަކަށް ބަލާ އިރު އަންނަ އޮކްޓޯބަރު 27 ގައި އޭނާ ޑައިރެކްޓްކޮށްފައި މިސްޓްރީ ކްރައިމް ތުރިލާ "ސަބާބިކޮން" ރިލީޒް ކުރާނެ އެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި މެޓް ޑެމަން، ޖޫލިއަން މޯ އަދި އޮސްކާ އިސާކް ފަދަ އެކްޓަރުން ހިމެނެ އެވެ.